
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް)
މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް އައި ބަދަލުތަކާއެކު، ރާއްޖެއަށް ކުރާ ދަތުރުތައް ބައިނަލްއަޤުވާމީ އެއާލައިންތަކުން ދަނީ އިތުރުކުރަމުންނެވެ. އެގޮތުން ސްވިޓްޒަލެންޑުގެ އެޑެލްވިއެސް، އެއާ އިންޑިއާ އަދި ރަޝިއާގެ އެއިރޯފްލޮޓުން ވަނީ ރާއްޖެއަށް ކުރާ ފްލައިޓްތައް އިތުރުކޮށްފައެވެ. މިއީ މެދުއިރުމަތީގެ މަގުތަކުގެ ބަދަލުގައި ސީދާ ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންގެ ޑިމާންޑަށް ބަލައި، ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޚްތިޔާރުކުރާތީ ގެނައި ބަދަލުތަކެކެވެ.
މީގެ އިތުރުން ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދުވެސް ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ޖެޓްތައް އައި މިންވަރު 166 އިންސައްތަ އިތުރުވެފައިވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އިތުރުން މާފަރު އެއާޕޯޓަކީވެސް މިހާރު ޖެޓްތަކުގެ މައި ހަބަކަށް ވަނީ ވެފައެވެ. ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކުވެސް، ރާއްޖޭގެ ދަތުރުފަތުރުގެ ވަސީލަތްތައް ހުރިގޮތުން ރާއްޖެއަކީ ފަސޭހައިން އާދެވޭ، އިތުބާރު ހުރި މަތީ ފަންތީގެ މަންޒިލެއްކަން މި ބަދަލުތަކުން ހާމަވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
