
ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން މައުލޫމާތު ފޯރުކޮށްދިނުމުގައި ވަކި ފަރާތަކަށް ޖެހޭ ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރަން އެމްޑީޕީން އެދުނު ނަމަވެސް، ޕީއެސްއެމުން ބުނީ މި ވަގުތު މައުލޫމާތު ދިނުމުގައި އިސްކަންދެނީ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް ފަންނީ މައުލޫމާތު ގެނެސްދިނުމަށް ކަމަށާއި، ސިޔާސީ ޕާޓީތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައި ނެތް ކަމަށެވެ.
އެމްޑީޕީގެ އިސްވެރިން ޕީއެސްއެމަށް ގޮސް އިހުތިޖާޖު ކުރަމުންދާއިރު، އެ ޕާޓީން ތުހުމަތު ކުރަނީ ޕީއެސްއެމް ހިންގަނީ ގާނޫނާ ހިލާފަށް ސަރުކާރު ހިންގާ ޕާޓީގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ޕީއެސްއެމުން މި ތުހުމަތުތައް ދޮގުކޮށް ބުނީ، އެ ކުންފުނިން މަސައްކަތް ކުރަނީ މިނިވަންކަމާ އެކު ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، މުވައްޒަފުންގެ މެދުގައި ބިރުވެރިކަން އުފެދޭ ފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ. ޕީއެސްއެމްގެ އެމްޑީ މިވަގުތު ރާއްޖޭގައި ނޫޅުއްވާތީ، އޭނާ އެނބުރި ވަޑައިގަތުމުން ބައްދަލުވުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
