
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބު އުމްރާގެ އަޅުކަމުގައި ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް، އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ޕީއެސްއެމްގެ އިމާރާތަށް ވަދެ އެތަނުގެ މަސައްކަތްތަކަށް ހުރަސްއަޅައިފިއެވެ. އެމްޑީޕީން ބޭނުންވީ އިންތިޚާބާ ގުޅޭ މައުލޫމާތު ފެތުރުމުގައި ޕީއެސްއެމްއިން ހަމަހަމަކަން ނުގެންގުޅޭ ކަމަށް ބުނެ އެކަމުގެ ޝަކުވާ ޝަކީބާ ހިއްސާކުރާށެވެ. ޝަކީބު ރާއްޖޭގައި ނޫޅުއްވާތީ އޭނާ އެނބުރި ވަޑައިގަތުމުން ބައްދަލުވުން ބޭއްވުމަށް ޕީއެސްއެމްއިން ކުރިން އޮތީ ސިޓީއަކުން އެމްޑީޕީއަށް އަންގާފައެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން ވަނީ އެ ސިޓީއަށް ބެލުމެއް ނެތި ޕީއެސްއެމްއަށް ވަދެ، މުވައްޒަފުންނަށް ދަތިވާ ގޮތަށް އެތައް އިރަކު އެތަނުގައި މަޑުކޮށްފައެވެ.
ޕީއެސްއެމްއިން ބުނި ގޮތުގައި އެ ކުންފުނީގެ ޕްރޮގްރާމްތަކަކީ ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަޖުރިބާކާރުން މެދުވެރިކޮށް ކުރިއަށްގެންދާ ފަންނީ މަސައްކަތްތަކެކެވެ. އަދި މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ވަކިން ފުރުސަތު ދީފައި ނުވާނެ ކަމަށާއި، ކުންފުނި ހިންގަނީ ގާނޫނީ އިމުގެ ތެރެއިން މިނިވަންކަމާއެކު ކަމަށްވެސް ޕީއެސްއެމްއިން ބުންޏެވެ. މީގެ އިތުރުން، ހަގީގަތާ ޚިލާފު ވާހަކަ ފަތުރައި މުއައްސަސާއާ މެދު ނަފުރަތު އުފެއްދުމަށް މަސައްކަތް ނުކުރުމަށް ވެސް ޕީއެސްއެމްގެ ސިޓީގައި އެމްޑީޕީއަށް އިލްތިމާސްކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
