
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޒުލުކުރުމަށް މަޖިލީހުގެ ތެރެއިން އެމްޑީޕީން ކުރި މަސައްކަތުގައި ބައިވެރިވުމަށް އެދި، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމަށް ރިޝްވަތު ހުށަހެޅި ކަމަށް އޭނާ ހާމަކުރައްވައިފިއެވެ. ސަލީމް ވިދާޅުވީ ރައީސް ވަކިކުރުމުގެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ބޭނުން ކަމެއް ކޮށްދޭނެ ކަމަށް އެމްޑީޕީން ބުނި ނަމަވެސް، އެކަމަށް އޭނާ އިންކާރު ކުރެއްވި ކަމަށެވެ. އަދި އެމްޑީޕީގެ އެ މަސައްކަތް ނާކާމިޔާބުވީ އެ ޕާޓީގެ ބައެއް މެންބަރުން ގައުމީ މަސްލަހަތު އިސްކޮށް ސަރުކާރާ ގުޅުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރާ މަސައްކަތަށް ސަލީމް ތާއީދު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް އިންތިހާބު ބޭއްވުމުން ދައުލަތުގެ ހަރަދުތައް ކުޑަވެ، ރައްޔިތުންނަށް ވެސް ލުއިތަކެއް ލިބޭނެއެވެ. އަދި ސިޔާސީ ގޮތުން ރައީސް މުޢިއްޒަކީ ރާއްޖޭގެ ތާރީހުގައި ދެވަނަ ދައުރެއް ފުރިހަމަކުރައްވާނެ ފުރަތަމަ ރައީސަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
