
ލޯކަލް ކައުންސިލް އިންތިޚާބާ އެކު ފެންނަ ނުފެންނަ ވޯޓު ނަގަން ސަރުކާރުން ނިންމީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ވަކިން ވޯޓު ނަގާ ނަމަ 80 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެތީ، ކައުންސިލް އިންތިޚާބާ އެކު މި މަސައްކަތް ކުރިއަށް ގެންދިއުމުން ބަޖެޓަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޤާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާއި، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ އިތުރުން މަޖިލިސް މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުން ހިމެނެއެވެ. މި އިޞްލާޙުތަކުގެ ތެރެއިން އިންތިޚާބުތައް އެއްކޮށްލުމަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. މީގެ އިތުރުން ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އެހެނިހެން ބަދަލުތައް ވެސް މަޝްވަރާތަކަށް ފަހު ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ވަޑައިގަންނަވަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މަހުގެ 3 އިން...
“ހުކުމުން އެނގެނީ ޤާނޫނުއަސާސީ އިސްލާހުކުރީ ހެޔޮ ނިޔަތުގައިކަން”
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ސިޔާސީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދެމެހެއްޓުމާ ގުޅިގެން،...
ކޮންމެ ބުރާސްފަތި ދުވަހަކު ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު، ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް "ޕްރެސަރ ވިތު ދަ ސްޕޮކްސް"...
މަޖިލީހުން ވަޒީރުންނަށް ރުހުން ދީފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެން، އަލުން ހުވާކުރެއްވި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ....
މަސްވެރިންނަށް ޙާއްސަ އަގެއްގައި 9 ސަރަހައްދަކުން ތެޔޮ ލިބޭނެ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުތައް ސަރުކާރުން އިތުރަށް ފުޅާކޮށްފިއެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވި...
ފުރަތަމަ ކުއާޓާގައި 2 މިލިޔަން މީހުން އެއާޕޯޓުން ޚިދުމަތް ހޯދި
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 2.35 މިލިއަން ފަސިންޖަރުން ޚިދުމަތް ހޯދާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
