
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
މާލޭ ބާޒާރުމަތީގެ ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހުޅުވާލުމާއެކު، އެ ސަރަޙައްދުގެ ދަތުރުފަތުރަށާއި މުދާ އުފުލުމަށް ބޮޑު ލުޔެއް ލިބިއްޖެއެވެ. މި މަޝްރޫޢުގެ ދަށުން މަގު ހަ މީޓަރަށް ފުޅާކޮށް ހަތަރު ލޭނަށް ބަދަލުކުރުމުގެ ސަބަބުން، މުދާ އަރުވާ ބޭލުމަށް ވަކި ލޭނެއް ލިބި، ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ވަނީ ދާއިމީ ހައްލެއް އައިސްފައެވެ. މީގެ އިތުރުން ހިނގާ މީހުންނަށް ފަސޭހަވާނެހެން ޕޭމަންޓްތައް ތިން މީޓަރަށް ފުޅާކޮށް، ބޯޓުފަހަރަށް ބޭނުންވާ ފެނާއި ކަރަންޓު ދިނުމަށް ޚާއްޞަ ހަޓުތަކެއް ވަނީ ގާއިމުކޮށްފައެވެ. މި ބަދަލާއެކު، ޚާއްޞަކޮށް ރަމަޟާން މަހު ބާޒާރުމަތީގައި އުޅޭ އުޅަނދުތަކާއި މުދާ އުފުލާ ފަރާތްތަކުން އުފުލަންޖެހުނު ތަކުލީފުތައް ކުޑަވެ، މުޅި ސަރަޙައްދުގެ މަލަމަތި ވަނީ އޮމާންވެފައެވެ.
About Post Author
މާދަމާ ނިއުސް
ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ވަޑައިގަންނަވަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މަހުގެ 3 އިން...
“ހުކުމުން އެނގެނީ ޤާނޫނުއަސާސީ އިސްލާހުކުރީ ހެޔޮ ނިޔަތުގައިކަން”
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ސިޔާސީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދެމެހެއްޓުމާ ގުޅިގެން،...
ކޮންމެ ބުރާސްފަތި ދުވަހަކު ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު، ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް "ޕްރެސަރ ވިތު ދަ ސްޕޮކްސް"...
މަޖިލީހުން ވަޒީރުންނަށް ރުހުން ދީފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެން، އަލުން ހުވާކުރެއްވި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ....
މަސްވެރިންނަށް ޙާއްސަ އަގެއްގައި 9 ސަރަހައްދަކުން ތެޔޮ ލިބޭނެ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުތައް ސަރުކާރުން އިތުރަށް ފުޅާކޮށްފިއެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވި...
ފުރަތަމަ ކުއާޓާގައި 2 މިލިޔަން މީހުން އެއާޕޯޓުން ޚިދުމަތް ހޯދި
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 2.35 މިލިއަން ފަސިންޖަރުން ޚިދުމަތް ހޯދާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
