
(ފޮޓޯ ކްރެޑިޓްސް: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ)
އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި މާލޭގައި އަލުން ބިނާކުރާ ޒިކުރާ މިސްކިތުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، މިސްކިތް ހަދިޔާކުރާ އާއިލާގެ ފަރާތުން ޙާމިދު ނަޝީދު މުޙައްމަދުއެވެ. ތިން ފަންގިފިލާއަށް އިމާރާތްކުރާ މި މިސްކިތަކީ 1500 އެއްހާ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގަ އާއި، އަންހެނުންނަށް ނަމާދުކުރެވޭނެ ޚާއްޞަ ބަޔަކާއި، އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ލިފްޓާއެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ތަނެކެވެ.
ޒިކުރާ މިސްކިތް ތަޅާލިތާ އަހަރުތަކެއް ވެފައިވާއިރު، މި މަޝްރޫޢަކީ އެ ސަރަޙައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވަޒީރު ވަނީ މިސްކިތެއް ބިނާކުރުމަކީ ދެމިގެންދާނެ ބޮޑު ސަދަގާތެއްކަން ފާހަގަކުރައްވައި، އެހީތެރިވި އާއިލާއަށް ޝުކުރު އަދާކުރައްވާފައެވެ. މި މަސައްކަތް ދޮޅު އަހަރު ތެރޭގައި ނިންމާލުމަކީ ސަރުކާރުގެ އަމާޒެވެ. ކުރިން 2018 ވަނަ އަހަރު މި ބިމުގައި ވަގުފް އިމާރާތެއް އަޅަން ނިންމި ނަމަވެސް، އެކި މައްސަލަތަކާ ހުރެ އެ މަސައްކަތް ވަނީ ހުއްޓިފައެވެ. ނަމަވެސް މިހާރު މި ކުރިއަށްދަނީ އާއްމު ފަރުދުންގެ އެހީގައި މިސްކިތްތައް އާބާތުރަ ފިލުވައި ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
