
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޅ. ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ދުވާލަކު 100 ޓަނުގެ މަސް ބަންދުކުރެވޭ އާ ކޭނަރީގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ވަނީ ތައްޔާރުވެފައެވެ. ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 40 އަހަރުވެފައިވާ މިހާރުގެ ކޭނަރީގެ ބަދަލުގައި ޒަމާނީ ފެސިލިޓީއެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތެކެވެ. މީގެ އިތުރުން، އިންޑިއާގެ އެހީގައި ކުރިއަށްދާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި މަސް ގަނެވޭނެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހަށް ނިމޭނެ ކަމަށް ލަފާކުރެވެއެވެ. މުޅި މަޝްރޫޢު 2027 ވަނަ އަހަރަށް ނިމޭއިރު، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ފުޅާވެ، ބޭރުގެ މާކެޓްތަކަށް މަސް ބޭރުކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ މުހިންމު ބަދަލެކެވެ.
About Post Author
މާދަމާ ނިއުސް
“އިންތިޚާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ އެތައް ގުނައެއް ޚަރަދު ކުޑަވާނެތީ”
ލޯކަލް ކައުންސިލް އިންތިޚާބާ އެކު ފެންނަ ނުފެންނަ ވޯޓު ނަގަން ސަރުކާރުން ނިންމީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ....
ޢީދު ނަމާދު މާލެ ސަރަޙައްދުގެ 25 މިސްކިތެއްގައި، ބޮޑު ޖަމާޢަތް 4 މައިދާނެއްގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 1447 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު މާލެ ސަރަހައްދުގެ 4 ތަނެއްގައި ބޮޑު ޖަމާއަތުގައި ކުރުމަށް އިސްލާމީ...
ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލޭ ނޯތު ހާބަރ ސަރަޙައްދު ބޭނުންކުރާ އޮޑި ދޯނި ފަހަރުން ނަގާ ފީތައް ބޮޑު ކުރުމަށް ސަރުކާރާއެކު އެއްވެސް...
ކާރޫބާރޫ ބޮޑު ބާޒާރުމައްޗަށް ހަމަޖެހުމެއް!
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ) މާލޭ ބާޒާރުމަތީގެ ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހުޅުވާލުމާއެކު، އެ ސަރަޙައްދުގެ ދަތުރުފަތުރަށާއި މުދާ...
ޒިކުރާ މިސްކިތުގެ އައު އިމާރާތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ) އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި މާލޭގައި އަލުން ބިނާކުރާ ޒިކުރާ މިސްކިތުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ....
ނިލަންދޫ މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) ފ. ނިލަންދޫގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއެއް އެޅުމަށްޓަކައި ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް...
