
ފޮޓޯ ކްރެޑިޓްސް: ވަގުތު
އިސްރާއީލްގެ ޕާސްޕޯޓް މަނާ ކުރުމުގެ ބިލް އަވަސް ކުރުމަށް ބާރު އެޅުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ގަރާރު ބޭރުކޮށްލީ އެއީ އެއްވެސް ހެޔޮ ނިޔަތެއް ނެތި ހުށަހެޅި ގަރާރަކަށްވާތީ ކަމަށް ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން މިރޭ ބުނެފިއެވެ.
މި ގަރާރު މަޖިލިހަށް މިއަދު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމެވެ. އެކަމަކު، ޕީއެންސީގެ މެމްބަރުންގެ ވޯޓުން އެ ގަރާރު ވަނީ މަޖިލިހުން ބޭރުކޮށްލައިފައެވެ.
ޕީއެންސީން މިރޭ ނެެރުނު ބަޔާނެއްގައި ބުނީ އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަަސައްކަތް އަވަސްކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރަކީ މަޖިލީހުގައި މިއަދު ކުރަންހުރި މަސައްކަތްތަކުގެ ވަގުތު ނަގައިލުމުގެ ބޭނުމުގައި، އެއްވެސް ހެޔޮނިޔަތެއް ނެތި މަޖިލީހަށް ހުށަހެޅި ގަރާރެއް ކަމަށެވެ.
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ ބިލްގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ޕީއެންސީން ބުނި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް، ބައިނަލްއަގުވާމީ މަސްރަހުގައި އެންމެ ހަރު އަޑުން ކުށްވެރި ކުރައްވައި، ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމަށާއި، އިސްރާއީލް ޖަވާބުދާރީ ކުރުވުމަށް އެންމެ ވަރުގަދައަށް ވަކާލާތުކުރައްވާ އެއް ލީޑަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ފަލަސްތީނުގެ ހައްގުގައި ރާއްޖޭގެ އެއްވެސް ސަރުކާރަކުން މީގެ ކުރިން ނުކުރާ މަސައްކަތް، މި ސަރުކާރުން ކުރާކަން މި ގައުމުގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން ވެސް ފާހަގަ ކުރައްވާފައިވާ ކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު މާލީ އެހީތެރިކަމެއް ވެސް މިހާތަނަށް ދީފައި އޮތީ ޕީއެންސީގެ ސަރުކާރުން ކަމަށް އެ ޕާޓީން ބުނެއެވެ.
ޕީއެންސީން ބުނީ ކަމާގުޅޭ މާހިރުންގެ ލަފާ އާއި އިރުޝާދާއެކު އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް ކުރިޔަށް ގެންގޮސް، ތާވަލާ އެއްގޮތަށް މަސައްކަތައް ނިންމާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
ޕީއެންސީއާއި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަބަދު ވެސް ދެމި އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު، އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުންމަތީގައި ކަމަށް ޕީއެންސީން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
