
ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންގެންދާ ގަތުލުއާންމާ ދެކޮޅަށް ހައްގު ބަސް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ވަރުގަދަ ސާބިތު މަސައްކަތެއް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރުވުމާ ގުޅިގެން ރައީސް ޑރ. ވަހީދު ދެއްވި ބަޔާނެއްގައި ވިދާޅުވީ ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ އުފާކުރާކަމަކީ ފަލަސްތީނުގައި ހިނގަމުންދާ ގަތުލްއާންމު ހުއްޓުވުމަށް ކުރަމުން އަންނަ މިންނެތް މަސައްކަތް ކަމަށެވެ.
އެގޮތުން ޖޮއިންޓް އަރަބް- އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ރައީސް ޑރ. މުއިއްޒު ދެއްވި ތަގުރީރަކީ ގައުމެއްގެ ވެރިޔަކު ދެއްވި އެންމެ ވަރުގަދަ އަދި ސާބިތު ތަގުރީރު ކަމަށެވެ.
“އިސްރާއީލްއާ ދެކޮޅަށް ސައުތު އެފްރިކާގެ ފަރާތުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށައަޅާފައިވާ މައްސަލައަސް ތާއިދުކުރައްވާ ރާއްޖޭގެ ފަރާތުން ވަރަށް ވަރުގަދަ ވަކީލުންގެ ޓީމެއް ފޮނުއްވިކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.” ރައީސް ވަހީދު ވިދާޅުވިއެވެ.
“ހުޅަނގުގެ އެހީއާއެކު އިސްރާއީލުން ފަލަސްޠީނުގައި ހިންގާ ނާތަހުޒީބު އަނިޔާވެރި އަދި ލަދެއްނެތް އަމަލުތަކަކީ މި ވޭތުވެދިޔަ 100 އަހަރުގެތެރޭގައިވެސް ހިންގާފައިވާ އެންމެ ބޮޑު ޖަރީމާ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި އުފެދެމުންދާ އުދާސްތަކާއި، ވޭނާއި ހިތްދަތިކަމުގެ އަސަރު ރައީސް ޑރ. މުއިއްޒު އިހްސާސްކުރައްވައި އެމަނިކުފާނު ދައްކަވާ ކޮންމެ ވާހަކަފުޅެއްގައިވެސް ސާބިތުކަމައެކު ފާޅުކުރައްވަމުން ގެންދަވާކަމަށްޓަކައި އަޅުގަނޑު އެމަނިކުފާނަށް ޝުކުރު ދަންނަވަން.”
ރައީސް ޑރ. ވަހީދު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ވަރަށް ދަތި ފައްތަރެއްގައެވެ. ނަމަވެސް ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ ލުއިކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށާއި އާ މަޝްރޫއުތައް ފެށުމަށްވެސް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވެރިކަން ބަދަލުވި އިރު، އިންޑިއާއާ އެކު އޮތް ޒަމަންވީ ގުޅުމާމެދު ސުވާލުތަކެއް އުފެދިފައި ހުރި ކަމަށާއި އިންޑިއާގެ އިތުރުން ޗައިނާއާ މެދުވެސް އޮތް ގުޅުމަށް ނުރަނގަޅު އަސަރުތަކެއް އޭރު އޮތް ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ރައީސްކަމަށް ވަޑައިގެން މާގިނަ ދުވަހެއްނުވެ އެ ގުޅުންތައް ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ގުޅުން ބަދަހިވެގެން ދިޔަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިފައިވާ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
