
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އާބާދީ ކުދި ރަށްތަކުން ތަރައްޤީވެފައިވާ ރަށްތަކަށް މީހުން ބަދަލުކޮށް، ވަސީލަތްތައް ހަމަހަމަކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިގޮތުން ހދ. ހިރިމަރަދޫ، މ. ރަތްމަންދޫ އަދި ވ. ރަކީދޫގެ ރައްޔިތުން ހިޖުރަކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ބޭނުންވާ ބޯހިޔާވަހިކަން 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އެޗްޑީސީއާ ވަނީ ހަވާލުކޮށްފައެވެ. އަދި ރަތްމަންދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކުރުމަށްޓަކައި 44 ގެއެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް ރަކީދޫގެ ކައުންސިލްގެ އެއްބާރުލުން ނުލިބޭތީ އެރަށުގެ ކަންކަން ނިންމުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މިގޮތަށް މީހުން ބަދަލުކުރާއިރު ދިރިއުޅޭ ކޮންމެ ގެއަކަށް ބަދަލުގައި 3 ކޮޓަރީގެ ގެއަކާއި މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެއެވެ. މި ސިޔާސަތުގެ ސަބަބުން ކުދި އާބާދީތަކަށް ރަނގަޅު ތަޢުލީމާއި، ޞިއްޙީ ޚިދުމަތް އަދި ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
