
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ނިންމައި، އެކަން ފާސްކުރުމަށް މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބޭންކުގެ ތާރީޚުގައި ހިއްސާގެ ފައިދާގެ ގޮތުގައި ދޭން ނިންމި އެންމެ ބޮޑު އަދަދު ކަމަށްވާއިރު، ޖުމުލަ 322 މިލިއަން ރުފިޔާ ބެހުމަށް ވަނީ ކަނޑައަޅާފައެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށާއި، ޖަލްސާއަށް ރަޖިސްޓަރީވުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 9:00 އާ ހަމައަށް އޮންނާނެ ކަމަށް ބޭންކުން ބުނެއެވެ. ޖަލްސާގައި ބައިވެރިވެވޭނީ އަމިއްލައަށް ހާޒިރުވެގެން ނުވަތަ އޮންލައިންކޮށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށެވެ. މި ޖަލްސާގައި ހިއްސާގެ ފައިދާ ފާސްކުރުމުގެ އިތުރުން، އޮޑިޓަރުން އައްޔަނުކުރުމާއި، ބޯޑު ޑިރެކްޓަރުން ހޮވުމުގެ އިތުރުން ބޯނަސް ހިއްސާ ދޫކުރުމަށް ބޭންކުގެ އަސާސީ ގަވާއިދަށް ގެންނަ އިސްލާހު ފާސްކުރުން އޮންނާނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
