
ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ނުފުރިތިބި 1888 ފަތުރުވެރިންނަށް ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވެ ރާއްޖޭގައި ފަތުރުވެރިން ނުފުރި މަޑުކުރަންޖެހުނެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ފްލައިޓްތައް ކެންސަލްވި ހިސާބުން ސަރުކާރުން ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަކަމަށެވެ. އެގޮތުން އެއަރޕޯޓްގައި ފަތުރުވެރިންނަށް މަޑުކުރެވޭނެ އިންތިޒާމްތައް ވަގުތުން ހަމަޖައްސައިދިންކަމަށާއި މިކަމުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދިޔަކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ރިސޯޓްތަކުން މާބޮޑު އަގުތަކެއް ނުނަގައި ފަތުރުވެރިންނަށް ސްޓޭ އިތުރުކޮށްދިންކަމަށެވެ. އަދި މާރޗް އަދި އެޕްރީލް މަހު ވަރަށް ބޮޑަށް ކެންސަލޭޝަން ލިބެމުން އަންނަކަމަށެވެ. ކެންސަލްކުރާ ފަރާތްތަކުން ރީބުކްކުރުމަށް އިތުރު ޗާޖަކާއި ނުލައި ފަސޭހަ އިންތިޒާމްތަކެއް ރިސޯޓްތަކުން ހަމަޖައްސައިދެމުންއަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. “މިހާތަނަށް އައިއިރު އަޅުގަނޑުމެންނަށް 1888 ފަތުރުވެރިންނަށް މިހާރު މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފައި. އެއަރޕޯޓުން ހޯދަންޖެހޭ އެހީތެރިކަން ހޯދުމަށް ގޮންޖެހުން ހުރި މީހުންނަށް. އަދި އިތުރަށް މިކަން ހަރުދަނާކުރުމަށް ޕްލޭންއެއްވެސް ގާއިމްކޮށްދެވިފައި.” ވަޒީރު ވިދާޅުވިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ، އަންނަ މަހުގެ ކުރީކޮޅުން ފެށިގެން މާކެޓިން ހަރަކާތްތައް ހަރުދަނާކުރާނެކަމަށެވެ. އަދި މާކެޓިން ހަރަކާތްތައް ވަރުގަދަކުރާ ބައެއް ގައުމުތަކުގެ ތެރޭގައި ޗައިނާ، އިންޑިއާ ރަޝިއާ ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
“ޚާއްސަކޮށް އަޅުގަނޑުމެން މިވަގުތު އެންމެ ބޮޑަށް ފޯކަސް ކޮށްގެން މަސައްކަތްކުރަންޖެހޭ ތަންތަނަކީ ޗައިނާ، އިންޑިއާ އަދި ރަޝިއާ ކަމަށްވާތީ އެތަންތަނުންވެސް އެތަންތަނުންވެސް އިތުރު ފްލައިޓްތައް އެޅުމުގެ މަސައްކަތްތައް، ފްރިކުއެންސީ އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން.” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ތާރިޤް ވިދާޅުވީ، ކައިރި ގައުމުތަކާއި ފަތުރުވެރިން އަންނަ ގައުމުތަކާއި އެއަރލައިންތައް އޮޕަރޭޓްކުރާ ގައުމުތަކާއިއެކު މަޝްވަރާކުރަމުން އަންނަކަމަށެވެ. އެގޮތުން މިވަގުތު އެންމެ ވަރުގަދައަށް އޮޕަރޭޓްކުރާ އެއަރލައިންއަކީ ޓާކިޝް އެއަރލައިންކަމަށާއި، ޓާކިޝް އެއަރލައިންސްގެ އޮޕަރޭޝަން ވަރުގަދަކުރުމަށް އެ ގައުމުގެ ސަރުކާރާއިއެކު މަޝްވަރާކުރަމުންދާކަމަށެވެ. އަދި ބައެއް ގައުމުތަކުގެ އެމްބަސީތަކާއިއެކު މާކެޓްކުރާނެ ގޮތްތަކަށް ފޯކަސްކޮށްގެން މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މި ދަނޑިވަޅުގައި ވުޒާރާއިން ނެރޭ އެންމެ ފަހުގެ އިރުޝާދުތަކަށް ސަމާލުވުމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވަނީ ސިނާއަތުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ވަނީ އިރުޝާދުދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
