
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ރާއްޖޭގައި ނުފުރި ތިބި ފަތުވެރިންނަށް ފުރުމުގެ ފުރުޞަތު ދިނުމަށް މިހާތަނަށް 8 ޤައުމަކަށް 23 ފްލައިޓް ބާއްވާފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިންނަށް އާދެވޭނެ ގޮތްތައް ހޯދުމަށާއި ރާއްޖޭގައި ނުފުރި ތިބި ފަތުވެރިންނަށް އަނބުރާ ދެވޭނެ ގޮތް ހޯދައިދިނުމަށް ކުރެވުނު މަސައްކަތްތަކާއެކު އޭރު އޮތް ޙާލަތުން ބޮޑު ލުޔެއް ލިބިފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖެއަށް ދުވާލަކު 60 އެއްހާ ފްލައިޓް ބާއްވަމުންދާއިރު، މީގެތެރެއިން 19-20 ފްލައިޓަކީ މެދުއިރުމަތިން އަންނަ ފްލައިޓްތައްކަމަށެވެ. އަދި ފެބުރުވަރީ 19ވަނަ ދުވަހުން ފެށިގެން މަރޗް 3ވަނަ ދުވަހާއި ހަމައަށް ދުވާލަކު 19ވަރަކަށް ފްލައިޓް ކެންސަލްވެގެންގޮސްފަވާއިރު، އެއީ ދުވާލަކަށް 2800-3000އެއްހާ ފަތުރުވެރިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިއީ ރާއްޖޭގެ އިޤްތިޞާދާއި ރާއްޖެއަށް ވަންނަ އާމްދަނީއާއި އެންމެ ބޮޑަށް ގުޅިފައިވާ ސިނާޢަތަށްވާއިރު، މިކަމަށް އަވަސް ލުއިތަކެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވިފައިވާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. އަދި މި ކުރެވުނު މަސައްކަތާއެކު އޭރު އޮތް ޙާލަތުން މިހާރު ވަރަށް ބޮޑު ލުޔެއް ލިބިފައިވާކަމަށާއި، އެގޮތުން ނުފުރި ތިބި މީހުން ފުރުވާލުމަށް ގިނަ ފްލައިޓްތަކެއް ބާއްވާފައިވާއިރު، ފަތުރުވެރިން ރާއްޖެ ގެނައުމަށް ގިނަ އެއަރލައިންތަކަކާއެކު މަސައްކަތް ކުރެވި، ކުރިއެރުންތައްވެސް ހޯދިފައިވާކަމަށް ވިދާޅުވިއެވެ.
“ނުފުރި ތިބި މީހުހުންނަށް ފުރޭނެ ގޮތް ހަމަޖެއްސުމަށް ޔޫރަޕްގެ 8 ޤައުމަކަށް 23 ފްލައިޓް ވަނީ ބާއްވާފައި. ދެން ރާއްޖެއަށް މީހުން ގެނައުމަށް ކުރެވުނީ ކޮން ކަމެއްތޯ.؟ އެގޮތުން ރަޝިޔާގެ އެއަރލައިން އެއިރޯ ފްލޮޓްގެ ދަތުރުތައް ދުވާލަކު ދެ ފަހަރު ބާއްވާގޮތަށް މިވަނީ އިތުރުކުރެވިފައި. 2000އެއްހާ ސީޓް އެއިތުރުވީ. އެއަރ އިންޑިއާ ޑަބަލް ކުރެވިއްޖެ.” ވަޒީރު އަމީން ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ޔޫރަޕާއި ޔޫއެސްއޭ ކަނެކްޝަން ގެނައުމަށް އިއްތިޙާދު އެއަރލައިންގެވެސް ދުވާލަކު ދެ ފްލައިޓް އަދި އެއަރ އޭޝިއާގެ ނެރޯ ބޮޑު ފްލައިޓްގެ ބަދަލުގައި ވައިޑް ބޮޑީ ފެށުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އަދި ބަންގްލަދޭޝްގެ ޑާކާއަށް ހުއްޓިފައިވާ ދަތުރުތައްވެސް އަލުން ފަށާފައިވާކަމަށާއި އިތުރު ޤައުމުތަކުންވެސް ފްލައިޓް ގެނައުމަށް މަޝްވަރާ ކުރަމުންދާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ދުވަސްކޮޅު ރާއްޖެއަށް ދަތުރުކުރާ ޕްރައިވެޓް ޖެޓްތައްވެސް އިތުރުކަމަށާއި އެއީ ހެޔޮ ފާލެއްކަމަށެވެ. މީގެއިތުރުން ގައުމުގެ ކަންކަމަށްވެސް ފަސޭހަވާނެގޮތަށް ކަންކަން ބަލަމުންދާކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުންވެސް އޭރު އޮތް “ޝޮކް” އަށް ލުއި ލިބިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
