
ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް
ގާނޫނުއަސާސީގައި ރައްޔިތުންގެ ވޯޓަކަށް ދާން ޖެހޭ މާއްދާ އިސްލާހު ކުރާ ނަމަ، ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް ހަތަރު ވަނަ ނަމްބަރެއް އިތުރު ކުރުމަށެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ބައެއް ކަންކަމުގައި ގާނޫނު އަސާސީގެ މާއްދާތަކަށް އިސްލާހެއް ގެންނަން ފާސްކުރާ ބިލްތައް ތަސްދީގު ކުރެވޭނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކުން އަޣުލަބިއްޔަތު ލިބިއްޖެ ނަމައެވެ. އެކަންކަމުގެ ތެރޭގައި ހިމެނެނީ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމެނޭ ބާބަށް ބަދަލު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެނައުމާއި ރިޔާސީ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތަށް ބަދަލު ގެނައުމެވެ.
ޝާހިދު އެ މާއްދާއަށް އިތުރު ކުރާ ނަންބަރުގައި ބުނެފައިވަނީ ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ މާއްދާ އަށް ވެސް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށެވެ. މި އިސްލާހު މަޖިލިހުން ފާސް ކުރީ 78 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ ބައެއް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބަލަން ވޯޓަކަށް އަހާނެ ކަމަށް ވިދާޅުވެފައެވެ.
އެ ކަންކަމުގެ ތެރޭގައި ހިމެނެނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އެކަނި ބާއްވަން ފެނޭތޯ އާއި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާ ދުވަހުގެ ގޮތުގައި މިހާރު އޮތް ނޮވެމްބަރު 17 ވަނަ ދުވަސް، ކުރިން އޮތް ގޮތަށް ނޮވެމްބަރު 11 އަށް ބަދަލު ކުރަން ފެނޭތޯއެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ރަށްރަށަށް އައްޔަން ކުރާ ކައުންސިލަރުންގެ އަދަދު މަދު ކުރަން ފެނޭތޯ ވޯޓަށް އަހާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގެ ބާއްވަން ފެނޭތޯ ވޯޓަކަށް އަހާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
