
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރިޔާސީ އިންތީޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެ ބަދަލު ގެނައި ނަމަވެސް ބާރު އޮންނާނީ މިހާރެކޭ އެއްގޮތަށް ރައްޔިތުންގެ އަތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި މުޙައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަންނަ މަހު ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓާ ގުޅޭގޮތުން ޕީއެސްއެމުން ގެނެސްދޭ “ހޭލުން” މި ޕްރޮގްރާމުގައި މައުލޫމާތުދެއްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމާއި ސަރުކާރުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ މުޙައްމަދު ޝިހާބު ވިދާޅުވީ، އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ގަބޫލުކުރައްވާގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ.
މަޖިލީހުގައި 1985ވަނަ އަހަރުން ފެށިގެން 25އެއްހާ އަހަރު ކުރެއްވި މަސައްކަތުގައި އިންތިޚާބުތައް ބާއްވާނެ ތާރީޚުތަކާ ގުޅިގެން މާބޮޑު ބަހުސެއް ނުކުރެވުނުނަމަވެސް އަބަދުވެސް މަޖިލީހުގެ ވިސްނުން އޮތީ ވީހާވެސް އަވަހަށް އިންތިޚާބުތައް ބޭއްވުމަށް ކަމަށް ޝިހާބު ވިދާޅުވިއެވެ. އެގޮތުން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ އެކުލަވާލައި ފުރަތަމަ ބޭއްވި ރިޔާސީ އިންތީޚާބަށްފަހު އޭރު ހިނގަހިނގާ ހުރި މަޖިލީހުގެ ދައުރު ކުރުކޮށްލައި، އަލުން މަޖިލިސް އިންތިޚާބެއް ބޭއްވީވެސް އެ ބޭނުމުގައިކަން ފާހަގަކުރެއްވިއެވެ. ޝިހާބު ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވި ނަމަވެސް ގޮތް ނިންމުމުގެ ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ އަތުގައި ކަމަށެވެ. މި ފަހުގެ އިންތިޚާބުތަކުން ދައްކާގޮތުގައި ރިޔާސީ އިންތިޚާބަށްފަހު، ރައްޔިތުން އެއިރެއްގައި ހުންނަ ރައީސަކު ނިސްބަތްވާ ޕާޓީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދޭ ކަމަށާއި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައީސަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުގެ ބަދަލުގައި ގާބިލު ބޭފުޅުން އިންތިޚާބުކުރަން ރައްޔިތުން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
“ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބާއި މަޖިލިސް އިންތިޚާބާ އެކުއެކީގައި ބާއްވައިފިއްޔާ އަޅުގަނޑު ދެކޭގޮތުގައި އެވަރަކަށް އެހެނެއް ނުދާނެ. އޭގެ ރަނގަޅު ނަތީޖާއެއް ނުކުންނާކަމަށް އަޅުގަނޑަށް ފެންނަނީ. ފްރީ އެންޑް ފެއާކޮށް ރައްޔިތުންގެ މަޖިލިސްގެ މެންބަރުންވެސް ވާދަކުރައްވާނީ ރައީސަކަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން ނޭނގި. އަނެއް ސިސްޓަމްގައި ވާގޮތަކީ އަޅުގަނޑުމެންނަށް އެނބައިނގޭ، ދިވެހި ރައްޔިތުންނަށްވެސް މިހާރު ވެރިއަކަށް ހުންނެވީ ކޮން ޕާޓީއެއްގެ ކޮން ބޭފުޅެއްކަން. އެހެންވީމަ ދެން އަޅުގަނޑުމެން ރައްޔިތުންގެ މަޖިލިސް މެންބަރުން ނިންމާއިރު ވާގޮތަކީ ތަންކޮޅެއް ބޮޑަށް ރައްޔިތުންނަށް ބުރަވެވެނީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅެއްގެ ޕާޓީއަށް އެ ބޮޑު މެޖޯރިޓީއެއް ދޭން،” މުޙައްމަދު ޝިހާބު ވިދާޅުވިއެވެ.
ޝިހާބު ވިދާޅުވީ އިންތިޚާބުތައް އިރުއިރުކޮޅާ ބޭއްވުމަކީ ރައްޔިތުންގެ ޝައުގުވެރިކަންވެސް ގެއްލޭނެ ކަމެއް ކަމަށާއި އެއް ދުވަހެއްގައި އިންތިޚާބުތައް ބާއްވާނަމަ ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ. އަދި މާލީގޮތުން ބެލިނަމަވެސް އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ޤައުމުގެ މާލިއްޔާއަށް އޭގެ ސަބަބުން ފައިދާ ކުރާނެ ކަމެއް ކަމަށްވެސް މުޙައްމަދު ޝިހާބު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
