
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބޭންކް އޮފް މޯލްޑިވްސްއިން އަލަށް ތަޢާރަފްކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް “ސްވައިޕް” ރާއްޖޭގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އައްޑޫ ސިޓީއަށް އިފްތިތާޙުކޮށްފިއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން އިފްތިތާޙުކޮށްދެއްވި މި ޚިދުމަތަކީ ރާއްޖޭގެ ޑިޖިޓަލް އިޤްތިސާދު ހަރުދަނާކުރުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. “ވިޒިޓް މޯލްޑިވްސް” ގެ ރަސްމީ ވޮލެޓުގެ ގޮތުގައި ކަނޑައަޅާފައިވާ މި އެޕް މެދުވެރިކޮށް، ކިއުއާރު ކޯޑު ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކުމާއި، ދުނިޔޭގެ ކޮންމެ ބޭންކެއްގެ ކާޑަކުންވެސް ވޮލެޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޚިދުމަތުގެ ސަބަބުން ފަތުރުވެރިންނަށް ރާއްޖޭގައި ފައިސާ ދެއްކުމަށް ބޮޑު ލުޔެއް ލިބޭނެއެވެ. އެގޮތުން އެހެން ކާޑުތަކުން ނަގާ 2.5 އިންސައްތައިގެ ކޮމިޝަނުގެ ބަދަލުގައި، ސްވައިޕް މެދުވެރިކޮށް ނަގާނީ އެންމެ 1 އިންސައްތައެވެ. މީގެ އިތުރުން، ވިޔަފާރިވެރިންނަށް ވަގުތުން ފައިސާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މި ނިޒާމުގެ ސަބަބުން ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެ، ރާއްޖޭގެ މާލީ މުޢާމަލާތްތައް ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނެއެވެ. އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު މި ޚިދުމަތް ބަލައިގަންނާނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
