
އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ އެކުވެރި ޢަރަބި އިމާރާތުގެ ކޮންސިއުލޭޓަށް ދެވުނު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާ ކުށްވެރިކޮށް ދިވެހި ޚާރިޖީ ވުޒާރާއިން ނެރެނު ބަޔާނުގައި ވިދާޅުވީ ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްއާ ޚީލާފު ކަމެއް ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ ޑިޕްލޮމެޓިކް އުސޫލުތަކަށް ހުރަސްއެޅޭ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ދިވެހި ސަރުކާރުންވަނީ ބޭރު ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތައް ހިމާޔަތް ކުރުން މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ، ޔޫއޭއީ ސަރުކާރާއި ރައްޔިތުންނާއި އެކުގައި ކަމަށް ދިވެހި ޚާރިޖީއްޔާގެ ބަޔާނުގައި ވިދާޅުވިއެވެ. އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ ޔޫއޭއީ ކޮންސިއުލޭޓަށް ޑްރޯން ހަމަލާއެއް ދީފައިވަނީ ހޯމަ ދުވަހުގެ ދަންވަރު ވަގުތެއްގައެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
