
ފޮޓޯ ކްރެޑިޓްސް :ރައީސްއޮފީސް
ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުވެވަޑައިގަންނަވާ ޕާޓީ ބަދަލު ކުރައްވައިފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލިހުން ދެންމެ ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ފެނޭތޯ އެހި ވޯޓުގައި 78 މެމްބަރުން ވޯޓު ދެއްވީ އިސްލާހު ފާސް ކުރުމަށެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ. އެ ވޯޓުގައި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވަޑައިގެން ވޯޓު ދެއްވީ އިސްލާހު ފާސް ކުރެއްވުމަށެވެ.

މި އިސްލާހަށް ވޯޓަށް އަހަން ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ތަޅުމުގައި އިހްތިޖާޖު ކުރައްވައިފައެވެ. އެ މެމްބަރުން ތިއްބެވީ “ގާނޫނުއަސާސީގެ ދިފާއުގައި” ކަމަށް ވިދާޅުވެ، ބެނާއެއް ވެސް ހިފައިގެންނެވެ.
މަޖިލިހަށް ހުށަހެޅި ބިލްގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތަކީ އަމިއްލަ މެމްބަރަކު ޕާޓީއަކާ ގުޅުމާއި އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާއި އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާއި އިންތިހާބުވި ޕާޓީން ވަކިވުމާއި ޕާޓީން އެ މީހަކު ވަކިކުރުމުންނެވެ.
މަޖިލިސް މެމްބަރުން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި އެންޓި ޑިފެކްޝަން ގާނޫނެއް މިހާރު ވެސް އޮވެއެވެ.
މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ ގާނޫނެއް އެކުލަވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެކަމަކު، އެމްޑީޕީން ވެރިކަމަށް އައިސް އެ ގާނޫނު ވަނީ އުވާލައިފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ފަހުކޮޅު އަނެއްކާ އެފަަދަ ގާނޫނެއް އެމްޑީޕީން ގެނައެވެ.
އެމްޑީޕީގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ އޭރުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. އެ ބިލް މަޖިލިހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ވެސް ކުރައްވައިފައެވެ. އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުން އަމިއްލައަށް ވަކިވާން ޖެހެއެވެ.
އިސްތިއުފާ ދޭންޖެހޭނެ ތިން ހާލަތަކީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވެ، އެހެން ޕާޓީއަކަށް ބަދަލުވާ ހާލަތުގައި އާއި އެހެން ޕާޓީއެއްގައި ދަފްތަރުވުމާއި އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވާ ހާލަތުގައެވެ. މި ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިސްތިއުފާ ދިނުމަކީ އިހްތިޔާރީ ކަމެކެވެ. އިސްތިއުފާ ނުދީ ނަމަ، ވާނެ ގޮތެއް ބުނެފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
