
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
އެމްޓީސީސީއާ ހަވާލުކޮށްގެން ރ. އަލިފުށީގައި 30 އެނދުގެ އައު ހޮސްޕިޓަލެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. 128 މިލިއަން ރުފިޔާ ހޭދަކޮށްގެން ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ. މި ހޮސްޕިޓަލް ގާއިމުވުމުން އަލިފުއްޓާއި އެ ރަށާ ކައިރި ރަށްތަކުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބި، ސްޕެޝަލިސްޓް ފަރުވާގެ ފުރުސަތު ފުޅާވެގެންދާނެއެވެ. ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރާ މި ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއާއި، ފްލޫ ކްލިނިކް އަދި ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމަށް ސޯލާ ސިސްޓަމްވެސް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަތޮޅުތަކުގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ސަރުކާރުން ކުރާ މި މަސައްކަތުގެ ސަބަބުން މިހާރު ހުރި ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެއެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
