
ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުވެވަޑައިގަންނަވާ ޕާޓީ ބަދަލުކުރައްވައިފިނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސްކުރުމަށް މިއަދު ހަވީރު 5:30 ގައި ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މި ބިލަށް މިއަދު ހެނދުނު މަޖިލީހުގައި ބަހުސްކުރެވި، ބިލް ބަލައިގަތުމަށް ވޯޓަށް އެހުމުން، ފެންނަ ކަމަށް 69 މެންބަރުން ވޯޓުދެއްވާފައިވާއިރު، ނުފެންނަ ކަމަށް 12 މެންބަރުން ވޯޓުދެއްވިއެވެ. އޭގެފަހުން ބިލާ ގުޅޭ ދިރާސާތައް ކުރުމަށް މަޖިލީހުގެ މުޅި ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީގެ ބައްދަލުވުންތައް ވަނީ ފެށިފައެވެ.
މިއަދުގެ ހަވީރުގެ ޖަލްސާގެ އެޖެންޑާގައި ހިމެނެނީ:
1. ބިލް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުން
2. ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ނިންމާ ހިސާބަށް ގޮސްފައިވާފައިވާ ކަންކަމަށް ވޯޓަށް އެހުން
މި ބިލުގައި ޤާނޫނުއަސާސީއަށް މައިގަނޑު ހަތަރު އިޞްލާޙެއް ހުށަހަޅާފައިވެއެވެ:
1. ރާއްޖޭގެ ސަރަޙައްދަށް ބަދަލެއް ގެނައުމުގެ ކުރިން މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދުން
2. މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ދެ ޙާލަތު އިތުރުކުރުން
3. ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ބާރުތަކެއް ދިނުން
4. ބޭރުގެ ސިފައިންނާ ގުޅޭ ކަންކަމުގައި އައު އުސޫލުތަކެއް ކަނޑައެޅުން
މި ބިލް ފާސްވެއްޖެނަމަ، ރާއްޖޭގެ ސިޔާސީ މަޝްރަޙަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް މަޖިލިސް މެންބަރުންގެ ޕާޓީ ބަދަލުކުރުމާ ގުޅޭ މާއްދާއިން، މެންބަރުންގެ ހަރަކާތްތަކަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމަށް ލަފާކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
