
(ފޮޓޯ ކްރެޑިޓްސް: ޒުވާން މަސްވެރިޔާ)
މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރުއެސްޑަބްލިއު) ގާއިމްކުރުމަށް ސަރުކާރުން މިހާތަނަށް 51 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން 90 ފަރާތަކުން ލޯނަށް އެދިފައިވާއިރު، އޭގެ ތެރެއިން 45 ފަރާތެއްގެ ލޯނު ވަނީ ފާސްކޮށްފައެވެ. މި ލޯނު ދޫކުރުމުގެ މައިގަނޑު މަޤްޞަދަކީ އައިސް ހޯދުމަށް މަސްވެރިން ކުރާ ހޭދަ ކުޑަކުރުމާއި، މަސް ގިނަވަގުތު ތާޒާކަންމަތީ ބެހެއްޓުމަށް މަގުފަހިކޮށްދިނުމެވެ. މީގެ އިތުރުން، އައިސް ހޯދުމަށް ދަތުރުކުރަންޖެހޭ ވަގުތު ސަލާމަތްވުމުން ތެލަށް ކުރާ ހޭދަވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނަކީ އެއްލައްކަ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުތަކުން ރަހުނަކާ ނުލައި ލިބޭ ލުއި ލޯނެކެވެ. މިހާރު މި ލޯނަށް އެދޭއިރު ބަލާ ކްރެޑިޓް ހިސްޓްރީގެ މުއްދަތު ވަނީ އެއް އަހަރުން ތިން މަސްދުވަހަށް ކުރުކޮށްފައެވެ. އަދި އާރުއެސްޑަބްލިއު ސިސްޓަމްގެ އިތުރުން ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށްވެސް މި ލޯނުގެ ދަށުން ފުރުޞަތު ލިބެއެވެ. ލޯނު އަނބުރާ ދެއްކުމަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
