
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ)
އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، “ދަ ގްރޭޓަރ އައްޑޫ އިވެންޓް”ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އާޓިފިޝަލް ބީޗުގައި ޕީއެންސީން ބޭއްވި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައި ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތްކުރަނީ މި ސަރުކާރުން ކަމަށާއި، އެކަން ނަތީޖާއިން ދައްކުވައިދެމުންދާކަމަށެވެ.
ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް މިއަދާ ހަމައަށް އައިއިރު ތަރައްޤީކުރުމަށްޓަކާ ކުރިކަމެއްވިއްޔާވެސް ކޮށްފައި ވަނީ މި ސަރުކާރުންކަމަށެވެ. އެގޮތުން ޤާނޫނަށް ގެނެސްދޭން ޖެހޭ ބަދަލުތައް ގެނެސްދީ، ޑަބްލިއުޑީސީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ލިބޭގޮތް ހަދައިދިނީވެސް މި ސަރުކާރުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޑަބްލިއުޑީސީތަކުގެ ރައީސާއަކީ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ ފުލް ޓައިމް އެގްޒެކެޓިވް މަޤާމަކަށް ބަދަލުކުރީވެސް މި ސަރުކާރުންކަމަށް ވިދާޅުވިއެވެ. “ކޮމެޓީތަކަށް ބަޖެޓުގެ ގޮތުގައި ކުރިން ލިބެންމުންދިޔަ %5 ގެ ބަދަލުގައި %10 އަށް ޑަބަލްކޮށްދިނީވެސް މި ސަރުކާރުން. އަދި ރަމަޟާން އިނާޔަތަކީ އެފައިސާއިން ދޭންޖެހޭ އެއްޗެއްގެ ބަދަލުގައި ކައުންސިލުގެ ބަޖެޓުން ދޭންޖެހޭ ފައިސާގެ ގޮތުގައި ކަނޑައަޅައިދިނީވެސް މި ސަރުކާރުން. އެހެންވީމަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ކޮމެޓީއަކަށް ހަދައިދިނީ މި ސަރުކާރުން.” ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި އަންހެނުން ބާރުވެރިކުރުމަށްޓަކާ އެކި ކަހަލަ ލޯނުތައް ދޫކުރުމުގެ މަސައްކަތާއި، އެކި ގޮތްގޮތުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށްޓަކާ ކުރެވެން ހުރި ކަންކަން ސަރުކާރުން ކޮށްފައިވާކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެގޮތުން ކުރަންހުރި ކަންކަން ކުރުމަށްޓަކާވެސް ކަންކަން ތަރުތީބުކުރެވިފައިވާކަމަށެވެ. ވިމެން އެމްޕަވަރމަންޓް މެއިން ސްޓްރީމްކުރުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
