
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ)
އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަނާއެކު އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މި މަޝްރޫޢުގެ މަސައްކަތްތައް އަންނަ އަހަރުގެ ޖުލައިމަހަށް އެއްކޮށް ނިމިގެންދާނެކަން ހާމަކުރައްވާފައެވެ. ޕީއެންސީގެ “ދަ ގްރޭޓަރ އައްޑޫ އިވެންޓް” ގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މަައްސަލަކީ މިއަދު ދިމާވެފައިވާ މައްސަލައެއް ނޫންކަމަށާއި އެތައް ދައުރެއް ނިމިގެންދިޔައިރުވެސް ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެސްފައިނުވާކަމަށެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން ތަރައްޤީގެ އެކި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްކަމަށެވެ. އެގޮތުން އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޮޑު މަޝްރޫޢުއް ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ.
ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަނާއެކު އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށެވެ. އަދި އަންނަ އަހަރުގެ ޖުލައި މަހަށްވާންވާއިރަށް މުޅި މަޝްރޫޢު ނިންމާ އެ ސިޓީގައި 20 އަހަރު ދުވަހަށް ކަރަންޓުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. “26 މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމު އިރާދަކުރެވިއްޔާ މި އެއްބަސްވުމުގެ ދަށުން ޤާއިމުކުރެވިގެންދާނެ. މިއަންނަ އަހަރުގެ ޖުލައިމަހާ ހަމައަށްދާއިރު އިރާދަކުރެއްވިއްޔާ މުޅިން އެކުގައި މި މަޝްރޫޢު ނިމި، ކުރިއަށްއޮތް 20 އަހަރު ދުވަހަށް އައްޑޫސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުވެެންދާނެ.” ރައީސް ވިދާޅުވިއެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ އިތުރުން އައްޑޫގައި އެތައް މަޝްރޫޢެއް ކުރިއަށް ގެންދާކަން ރައީސް ފާހަގަކުރެއްވިިއެވެ. “48 މަޝްރޫޢު، ކުރިއަށް އެބަގެންދަން. ބައެއް މަޝްރޫޢުތައް އަމަލީ ގޮތުން ފެށި، އަނެއްބައި މަޝްރޫޢުތައް އިދާރީ މަސައްކަތް ދަނީ ކުރަމުން. މިއަހަރުގެ ބަޖެޓުގައިވެސް 18 މަޝްރޫޢެއް އެބައޮތް.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލަ ފަދައިން މަގުތައް ހެދުމުގެ މަސައްކަތަށްވެސް އިސްކަންދޭކަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކުގެ ދަށުން އެކަމަށް ބޭނުންވާނެ ސާމާނާއި މީހުން ހޯދުމުގެ މަސައްކަތް އާރްޑީސީން ކުރައްވަމުންގެންދަވާކަމަށެވެ. ރައީސް ވަނީ އައްޑޫ ސިޓީގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންދާކަންވެސް ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
