
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ)
ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޫބަރުމަހުގެ ތެރޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕީއެންސީން މަސައްކަތްކުރާނީ ރައްޔިތުންގެ މަސްލަޙަތު އިސްކޮށް، އެއް ޓީމެއްގެ ގޮތުގައިކަމަށެވެ. އަދި އެޕާޓީއަކީ ޕާޓީ ނިޒާމަށް ފުރިހަމައަށް ތަބާވާ، އެ ނިޒާމު ކުރިއެރުވުމަށާއި ޑިމޮކްރަސީއަށް ލޯބިކުރާ ޕާޓީއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޫބަރުމަހުގެ ތެރޭގައި ބާއްވާގޮތަށް ޕާޓީގެ ލީޑަރޝިޕުން މިހާރު ނިންމާފައިވާކަމަށެވެ. އަދި މިއީ ޕާޓީގެ ތެރެއިން ސިޔާސީގޮތުން ކުރިއަށްދިއުމަށްޓަކާ ބޭނުންވާ ފަރާތްތަކަށް ލިބޭ ވަރަށް މުހިއްމު ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ. “މި ކޮންގްރެސްއަކީ ވަރަށް އިންސާފުވެރިކަމާއެކީ އަޅުގަނޑުމެން ބާއްވާނެ ވަރަށް ދެފުށްފެންނަ ވަރަށް ފުރިހަމަ ކޮންގްރެސްއަކަށް އިރާދަކުރެއްވިއްޔާވާނެ. މި ޕާޓީން ކަންކަން ކުރާނީ އަބަދުވެސް އަޅުގަނޑުމެން ކުރާގޮތަށް ވަރަށް އޯގަނައިޒްޑްކޮށް، ވަރަށް ތަރުތީބުން ދެފުށްފެންނަ ގޮތަށް.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޕީއެންސީގެ މަސައްކަތްތައް 2023 ވަނަ އަހަރުގެ ނޮވެމްބަރުގައި 3000 މެންބަރުންނާއެކު ފެށުނު ނަމަވެސް، މިހާރު އެ އަދަދު 75،000 އަރާފައިވާކަމަށެވެ. އަދި އެ ޕާޓީގެ އަމާޒުހުރީ މެންބަރުންގެ އަދަދު އެއްލައްކައަށްވުރެ އިތުރުކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
