
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ)
އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީއަކީ ޓެކްސް ފްރީ ޒޯނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. މިއީ އައްޑޫ ސިޓީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހަބަކަށް ހެދުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ. މި މުއްދަތުގެ ތެރޭގައި އައްޑޫގައި އިންވެސްޓްކުރާ ފަރާތްތަކަށް ބިމު ކުއްޔާއި، އިންކަމް ޓެކްސް ފަދަ ވިޔަފާރީގެ އެކި ފީތަކުން ލުއިތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް އައިޓީ ދާއިރާއާއި ސަރވިސް އިންޑަސްޓްރީގެ ވިޔަފާރިތަކަށް މި ފުރުޞަތުގެ ބޭނުން ހިފުމަށް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.
މީގެ އިތުރުން، ވިޔަފާރިވެރިންނަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރު ކުންފުނިތަކުން ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި، ބަނދަރުގެ ޑެމަރޭޖް ފީއާއި ފްރައިޓް ޗާޖު ދިވެހި ރުފިޔާއިން ދެއްކޭގޮތް ހެދުން ހިމެނެއެވެ. އަދި ކެފޭތަކުގެ ފީތަކާއި ބިދޭސީންގެ ކޯޓާ ފީތަކަށް ލުއިދިނުމުގެ އިތުރުން، ޕޭޕަލް ފަދަ ޑިޖިޓަލް މާލީ ނިޒާމުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
