
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ޔަހޫދީންގެ ޙަމަލާތައް އަނެއްކާ ވެސް ޙިޒްބުاللهއަށް އަމާޒުވާނެ ކަމަށް ދުރާލައި ވިސްނާ، ލުބުނާނުގެ ޙިޒްބުاللهއިން އެ ކަމަށް ތައްޔާރުވަމުން ދިޔަ ކަމަށް މަސްދަރުތަކުން ބުނެފިއެވެ. ޙިޒްބުاللهގެ އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށް ފާއިތުވި މަސްތަކުގައި އެ ޖަމާޢަތުން ދިޔައީ އެ ޖަމާޢަތުގެ އަތުގައި ހުރި ރޮކެޓާއި ޑްރޯންގެ ޢަދަދު އިތުރުކުރަމުންނެވެ. ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު އައު ކުރިމަތިލުމަކަށް ގޮސްފި ނަމަ ޙިޒްބުالله ނެތިދިޔުން އެކަށީގެންވާ ކަމަށް އެ ޖަމާޢަތުން ދިޔައީ ވިސްނަމުންނެވެ. 1982ވަނަ އަހަރު އީރާނުގެ އިންޤިލާބީ ފައުޖުން އުފައްދާފައިވާ ޙިޒްބުالله ހަނގުރާމައަށް ތައްޔާރު ކުރުމަށް އީރާނުން ދެމުން ދިޔި ފައިސާ ހިމެނޭ ގޮތަށް ޙިޒްބުاللهއިިން ދިޔައީ މަހަކު 50 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރަމުންނެވެ. އެ ފައިސާ ބޭނުން ކުރީ ހަނގުރާމަވެރިންނަށް މުސާރަ ދިނުމަށާއި ހަތިޔާރު އިތުރު ކުރުމަށެވެ. އީރާނުގެ އެހީތެރިކަމާއެކު ޙިޒްބުاللهއިން ދިޔައީ ލުބުނާނުގައި އަމިއްލަ ރޮކެޓާއި ޑްރޯން ވެސް އުފައްދަމުންނެވެ. އަދި އެހެން ގޮތްގޮތުން ވެސް އެ ޖަމާޢަތުން ދިޔައީ ހަތިޔާރު އެއްކުރަމުންނެވެ.
ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފަށައި، އެ ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމާއެކު މާރިޗު މަހުގެ 2ވަނަ ދުވަހު އީރާނާ ގާތް ގުޅުމެއް ބާއްވާ ޙިޒްބުاللهއިން ވަނީ އެ ހަނގުރާމައަށް ވަދެ، ޔަހޫދީންނަށް ޙަމަލާ ދޭން ފަށައިފައެވެ. ޙިޒްބުاللهއިން ޤަބޫލުކުރާ ގޮތުގައި އީރާނަށް ޙަމަލާ ދިނުމަށް ފަހު ޔަހޫދީންގެ ލޯތައް ދެން އަމާޒު ވާނީ ޙިޒްބުاللهއަށެވެ. އެއީ އެ ޖަމާޢަތް ނައްތާލުމުގެ ބޭނުމުގައެވެ. ޔަހޫދީން އީރާނަށް ޙަމަލާ ދިނުމުން އެ ހަނގުރާމައިގެ ތެރެއަށް ވަދެ ޔަހޫދީންނަށް އިސްވެ ޙަމަލާ ދިނުމަށް ޙިޒްބުاللهއިން ނިންމީ އެ ބިރު އޮތުމުން ކަމަށް ބެލެވެއެވެ.
2024ވަނަ އަހަރު ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ކުރި ހަނގުރާމައިގައި ޙިޒްބުاللهއަށް ބޮޑެތި ގެއްލުންތައް ލިބި ބަލިކަށިވި ނަމަވެސް އެ ޖަމާޢަތުން މިހާރު ވަނީ ޤާބިލުކަން އިތުރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި އެންމެ ފަހުގެ ޙަމަލާތައް ފެށިއިރު ގާތްގަނޑަކަށް 25،000 ރޮކެޓާއި މިސައިލް ޙިޒްނުاللهގެ އަތުގައި ހުއްޓެވެ. ޙިޒްބުاللهއިން ދަނީ ދުވާލެއްގެ މައްޗަށް ގިނަ ޢަދަދެއްގެ ޑްރޯންއާއި ރޮކެޓު ޙަމަލާތައް ދެމުންނެވެ. 2024ވަނަ އަހަރުގެ ހަނގުރާމައިގައި ޙިޒްބުاللهގެ 5،000 ހަނގުރާމަވެރިން މައިދާނުގައި ޝަހީދުވި ނަމަވެސް ޙިޒްބުاللهގެ ހަނގުރާމަވެރިންގެ ގޮތުގައި އަދިވެސް 95،000 ހަނގުރާމަވެރިން ތިބި ކަމަށް ޤަބޫލުކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
