
ސްޕެނިޝް ލީގުގެ ޓީމުތަކުން އަންނަ މަހުގެ ކުރީކޮޅު ކުޅޭ މެޗުތަކުގައި ކުރީގެ ޖާޒީތައް ބޭނުން ކުރަން ނިންމައިފި އެވެ. ލީގުން ނިންމާފައިވަނީ އޭޕްރީލް މަހުގެ 10 އާއި 13 ވަނަ ދުވަހާ ދެމެދު ކުޅޭ މެޗުތަކުގައި ކޮންމެ ޓީމަކުން އެ ޓީމެއްގެ އިހުގެ ޖާޒީއެއް މެޗުގައި ބޭނުން ކުރުމަށެވެ. އަދި މި ގޮތުން ޓީމުތަކުން ބޭނުންކުރާ ޖާޒީތައް ސްޕޭނުގެ ވެރިރަށް މެޑްރިޑްގެ ނީލަމެއްގައި ވިއްކަން ބެހެއްޓުމަށެވެ. ސްޕެނިޝް ލީގުގެ އިތުރުން ސްޕޭނުގެ އެކި ޑިވިޝަންތަކުގައި ވެސް މި ގޮތަށް އަމަލު ކުރާނެ އެވެ. ސްޕެނިޝް ލީގުން ބުނީ މިއީ ލީގުގެ ސަގާފަތާއި ތާރީހް ދިރިވުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި މީގެ ސަބަބުން ސްޕެނިޝް ލީގުގެ ތާރީހާއި ޓީމުތަކާއި ސަޕޯޓަރުންނަށް އެ މީހުންގެ ކުރީގެ ހަނދާންތައް އާވެގެންދާނެ ކަމަށެވެ. އަދި މިއީ ފުޓްބޯޅައިގެ އިތުރު މާކެޓެއް ކަމަށާއި މީގެ ސަބަބުން ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ނަމަވެސް މި ނީލަމުގައި ސްޕެނިޝް ލީގުގެ ބައެއް ކުލަބުތަކުން ބައިވެރިވާނެކަން އަދި މުޅިން ޔަގީނެއްނޫނެވެ. އޭގެ ތެރޭގައި އެންމެ ވަރުގަދަ އެއް ކުލަބު ކަމަށްވާ ރެއާލް މެޑްރިޑާއި އާއި ގެޓަފޭ އާއި ވިޔަރެއާލް ވެސް ހިމެނެ އެވެ. ނަމަވެސް އެތްލެޓިކޯ މެޑްރިޑާއި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މި ހަރަކާތުގައި ބައިވެރިވާނެ އެވެ. ސްޕެނިޝް ލީގަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އަދި އެންމެ މަޝްހޫރު އެއް ލީގެވެ. މިހެންވެ ލީގު އިތުރަށް މާކެޓް ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
