
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި އިންޑިއާގެ ތުރިވަނަންތަޕޫރަމްގައި ހުންނަ އަނަންތަޕޫރީ ހޮސްޕިޓަލް އެންޑް ރިސާޗް އިންސްޓިޓިއުޓާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ މޯލްޑިވިއަންއިން ދަތުރުކުރާ ދިވެހިންނަށް ޞިއްޙީ ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ފަހިކޮށްދީ، އިތުރު ފައިދާތަކެއް ފޯރުކޮށްދިނުމެވެ. އިންޑިއާއަކީ ދިވެހިން ބޮޑެތި ބަލިތަކަށް ޚާއްސަ ފަރުވާ ހޯދުމަށް އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ. މީގެ ތެރެއިންވެސް ތުރިވަނަންތަޕޫރަމަކީ ރާއްޖެއާއި ކައިރިވުމާއި، އެތަނުގެ ކުރިއަރާފައިވާ ޞިއްޙީ ވަސީލަތްތަކުގެ ސަބަބުން ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެހެންކަމުން މޯލްޑިވިއަން އިން ތުރިވަނަންތަޕޫރަމަށް ދަތުރުކުރާ ފަސިންޖަރުންނަށް މި އެއްބަސްވުމުގެ ދަށުން، ޚާއްސަ އެހީތެރިކަމާއި ޞިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން، މޯލްޑިވިއަންއިން ދަތުރުކުރާ ފަރާތްތަކަށް އަނަންތަޕޫރީ ހޮސްޕިޓަލުން ޚާއްސަ އިނާޔަތްތަކެއްވެސް ލިބޭނެއެވެ.
އަނަންތަޕޫރީ ހޮސްޕިޓަލުން ލިބޭ ޚާއްސަ ޚިދުމަތްތައް:
* އެޑްމިޓްކޮށްގެންދޭ ފަރުވާ (IP) އަދި އެޑްމިޓްނުކޮށްދޭ ފަރުވާ (OP) ތަކުން ޚާއްސަ ޑިސްކައުންޓްތަކެއް ލިބުން.
* ހެލްތު ޗެކަޕް ޕެކޭޖްތަކުން %15 ގެ ޑިސްކައުންޓް
* ލެބޯޓަރީ ޓެސްޓްތަކާއި ރޭޑިއޮލޮޖީގެ ޚިދުމަތްތަކުން %10 ގެ ޑިސްކައުންޓް
* ތުރިވަނަންތަޕޫރަމް އިންޓަރނޭޝަނަލް އެއާޕޯޓުން ހޮސްޕިޓަލަށް ދިއުމަށް ހިލޭ އެމްބިއުލާންސްގެ ޚިދުމަތް.
މޯލްޑިވިއަންއިން ވިދާޅުވީ ބަލިމީހުންނަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމާއި ބަލިމީހުންނަށް ބޭނުންވާ އިތުރު ކަންކަމުގައި އެހީތެރިވުމަށް ހޮސްޕިޓަލުގައި ޚާއްސަ ކަސްޓަމާ ކެއާ ޑެސްކެއް ގާއިމުކުރެވޭނެކަމަށެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ޑޮކްޓަރާ މުޢާމަލާތުކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ތަރުޖަމާނެއްގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ. މޯލްޑިވިއަން މެދުވެރިކޮށް ތުރިވަނަންތަޕޫރަމަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުންނަށްވެސް މި ޚިދުމަތްތައް ލިބޭނެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު މޯލްޑިވިއަން ނުވަތަ އަނަންތަޕޫރީ ހޮސްޕިޓަލުން ސާފުކުރެވޭނެއެވެ.
މޯލްޑިވިއަންއާއި އަނަންތަޕޫރީ ހޮސްޕިޓަލާ ދެމެދު ވެވުނު މިއެއްބަސްވުމުގެ ދަށުން ދޭ ޚިދުމަތްތަކަކީ ފަސިންޖަރުންގެ ދުޅަހެޔޮކަމާއި ބޭނުންތަކަށް އިސްކަންދީގެން ފޯރުކޮށްދޭ މުހިންމު ޚިދުމަތްތަކެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
