
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ފުރަތަމަ 100 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން 3.7 ބިލިޔަން ޑޮލަރު ޚަރަދު ކޮށްފައިވާ ކަން މަސްރަޙު ދިރާސާ ކުރާ އިދާރާ، ސެންޓަރ ފޯރ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސު)ން ހާމަކޮށްފިއެވެ. ރައީސް ޓްރަމްޕާއި ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަޑީގައި ތިބެގެން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފަށާފައި ވަނީ ފެބުރުވަރީ 28ވަނަ ދުވަހުއެވެ. މި ކަމާ ގުޅޭ ގޮތުން ސީއެސްއައިއެސުން ހަދާފައިވާ ދިރާސާގެ ރިޕޯޓުގައި ބުނެފައި ވަނީ، އެމެރިކާއިން މި ހަނގުރާމައަށް ދުވާލެއްގެ މައްޗަށް އެވުރެޖުކޮށް 891.4 މިލިޔަން ޑޮލަރު ހޭދަކުރަމުންދާ ކަމުގައެވެ. މީގެ ތެރެއިން 3.5 ބިލިޔަން ޑޮލަރަކީ ބަޖެޓުގައި ހިމަނާފައި ނުވާ ޚަރަދުތަކެކެވެ. އެހެންކަމުން، އިތުރު ފައިސާ ހޯދުމަށް އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަންއަށް ވަރަށް އަވަހަށް އެދެން މަޖުބޫރުވާނެ ކަމަށް ބެލެވެއެވެ. މިއީ ރައީސް ޓްރަމްޕްގެ ސަރުކާރަށް ސިޔާސީ ގޮތުން ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ސަބަބަކީ ބަޖެޓަށް ގެންނަ މި ފަދަ ބަދަލުތަކަކީ ހަނގުރާމައާ ދެކޮޅު ފަރާތްތަކުން އަޑުއުފުލުމަށް ލިބޭ އިތުރު ފުރުޞަތަކަށް ވުމެވެ.
ސީއެސްއައިއެސްގެ ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، އެމެރިކާއިން މިހާރުވެސް 2,000 އަށްވުރެ ގިނަ އެކި ބާވަތުގެ ބޮން ނުވަތަ މުސައިލް ބޭނުންކޮށްފައިވާއިރު، އެ ތަކެތި އަލުން އިއާދަކުރުމަށް އެކަނިވެސް 3.1 ބިލިޔަން ޑޮލަރު ހޭދަވާނެއެވެ. ނަމަވެސް، އީރާނަށް ދެމުންދާ ޙަމަަލާތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަ ކުރާނެ ކަމުގައި ހަނގުރާމައާ ބެހޭ ވަޒީރު ޕީޓް ހެގްސެތު ވަނީ ވިދާޅުވެފައެވެ. މާނައަކީ ބަޖެޓުގައި ނެތް ޚަރަދުތައް ކުރިއަށް އޮތް ތަނުގައި އިންތިހާއަށް އިތުރުވެގެން ދިއުމެވެ. މީގެ ކުރިން ޢިރާޤު އަދި އަފްޣާނިސްތާނު ހަނގުރާމައިގެ ކުރީކޮޅުވެސް އެމެރިކާ ސަރުކާރުން ވަނީ އިތުރު ފައިސާއަށް އެދިފައެވެ. އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އެތެރޭގެ މަސްރަޙަށް ވެސް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. ތެލުގެ އަގު އުފުލުމާއި ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ރައީސް ޓްރަމްޕްގެ އެމެރިކާއަށް އިސްކަންދޭ ‘އެމެރިކާ ފަސްޓް’ ސިޔާސަތަށް ތާޢީދުކުރާ ފަރާތްތަކުގެ މެދުގައި ވަނީ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
އެމެރިކާއާއި ޔަހޫދީންގެ ހަނގުރާމައިގެ ތެރެއިން ޝަހީދު ކޮށްލާފައިވާ އީރާންގެ ރައްޔިތުންގެ އަދަދު ވަނީ 1,230އަށް އުފުލިފައެވެ. އޭގެ ތެރޭގައި 180އެއްހާ ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، އެތަކެއް ސަތޭކަ ބަޔަކު ވަނީ ޒަޚަމު ކޮށްލާފައެވެ. މީގެ އިތުރުން، ލުބުނާނަށް ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި އެ ޤައުމުން 123 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އީރާނުން ވެސް ވަނީ ރައްދު ޙަމަލާދީ އެމެރިކާ ސިފައިންގެ ހަ މީހުންނާއި ޔަހޫދީ ދައުލަތުން 11 މީހުން މަރައިލާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
