
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޞުލްޙަ ޤާއިމް ކުރުމާ ގުޅޭގޮތުން އީރާނުން އެމެރިކާއާއެކު މި ވަގުތު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް އދއަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު، ޢަލީ ބަޙްރައިނީ ވިދާޅުވެއްޖެއެވެ. ބަޙްރައިނީ އެހެން ވިދާޅުވެފައި މި ވަނީ އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދޭން ފެށިތާ ތިން ދުވަސް ވެފައި ވަނިކޮށެވެ. އެމެރިކާއާއި ޔަހޫދީންގެ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ވަރުގަދަ ޙަމަލާތައް ދެމުންދާއިރު، ޙަމަލާތައް ދެމިގެން ދާނީ ކިހާ ދުވަހަކަށް ކަމެއް މި ޙާލަތުގައި ލަފާކުރަން ދައްޗެެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ބަޙްރައިނީ ވިދާޅުވީ މިހާރު އޮތް ޙާލަތު ރަނގަޅު ކުރުމަށް ސީދާކޮށް ވެސް ނުސީދާކޮށް ވެސް އެމެރިކާއާއެކު މަޝްވަރާ ކުރުމަށް އީރާނުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ ގޮތުން އެއްބަސްވުމަކާ ހަމައަށް އައުމަށް ކުރަމުންދިޔަ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވެސް އެމެރިކާއާއެކު ވާހަކަ ނުދެކެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާ ކުރުން އެކަށީގެންވޭތޯ ސުވާލުކުރުމުން ބަޙްރައިނީ ވިދާޅުވީ މަޝްވަރާކޮށްގެން ފައިދާއެއް ކުރާނެ ކަމަށް އީރާނުން މި ވަގުތު ޤަބޫލު ނުކުރާ ކަމަށެވެ. އެމެރިކާއާއެކު މުއާމަލާތު ކުރެވޭނެ ހަމައެކަނި ބަހުރުވަ އަކީ ދިފާޢީ ބަހުރުވަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ އީރާނުގެ ފަރާތުން އެއްވެސް ކަހަލަ އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރަންވީ ވަގުތު ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ ގޮތުން ޢުމާން މެދުވެެރިވެ އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދިޔަ މަޝްވަރާތަކުގެ ތިންވަނަ ބުރު ބާއްވާފައި ވަނީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހުއެވެ. އެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ޢުމާންއިން އޭރު ވަނީ ބުުނެފައެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން އެމެރިކާއިން ވަނީ ޔަހޫދީންނާ ގުޅިިގެން އީރާނަށް ޙަމަލާ ދޭން ފަށައިފައެވެ. އެ ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީއާއި ސަރުކާރުގެ އިސް ބޭފުޅުންތަކެއް ވަނީ ޝަހީދުކޮށްލައިފައެވެ. އެއާއެކު އީރާނުން ވެސް ވަނީ އެމެރިކާއާއި ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ރައްދު ޙަމަލާތަކެއް ދޭން ފަށައިފައެވެ. މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަަރުކަޒުތަކަށާއި މުދަލަށް އީރާނުގެ މިސައިލް އަދި ޑްރޯން ޙަމަލާތައް އަމާޒުކުރަމުންދާއިރު، އެ ޤައުމުން ދަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެޔޮ އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުަޒް ކަނޑުއޮޅި އުޅަނދުތަކުން ބޭނުންކުރުމަށް ހުރަސް އަޅަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
