
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުން ނިއުކްލިޔަރ ހަތިޔާރު ތަރައްޤީ ކުރަމުންދާ ކަމަށް އެމެރިކާއާއި ޔަހޫދީން ބުަނަމުން ދިޔަ ނަމަވެސް އެ ކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް އދގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ، އައިއޭއީއޭއިން ބުނެފިއެވެ. އައިއޭއީއޭގެ އިސްވެރިޔާ، ރަފައެލް ގްރޮސީ ވިދާޅުވީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ މަޤުސަދުގައި ރޭވުންތެރިކަމާއެކު އީރާނުން މަޝްރޫޢުއެއް ހިންގާ ކަން މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށެވެ. ނަަމަވެސް އީރާނުން 60 އިންސައްތަ ސާފުމިނަށް ޔުރޭނިއަމް މުއްސަނދިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަދަ ގޮތަކަށް ޔުރޭނިއަމް މުއްސަނދި ކުރަނީ ނިއުކްލިޔަރ ހަތިޔާރު ގެންގުޅޭ ޤައުމުތަކުން އެކަނި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އީރާނުން ބޮމެއް ތައްޔާރުކުރަން މަސައްކަތް ކުރާ ކަމަކަށް އެ އިދާރާއަށް ނިންމޭ ވަރަށް ހެކި ނުފެންނަ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
ގްރޮސީ އިތުރަށް ވިދާޅުވީ އައިއޭއީއޭއިން ކަންބޮޑު ވަނީ އީރާނުން ޔުރޭނިއަމް މުއްސަނދި ކުރާތީ އެކަނި ކަމަށެވެ. އީރާނުން ފުޅާ ދާއިރާއެއްގައި ޔުރޭނިއަމް މުއްސަނދިކޮށް ޖަމާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އީރާނުގެ ސެންޓްރިފޫޖްތަކުން އަދިވެސް ޔުރޭނިއަމް މުއްސަނދި ކުރަމުންދާ ކަމަށާއި، އީރާނުން މިހާރު މުއްސަނދިކޮށްފައިވާ ޔުރޭނިއަމްއަކީ ދިހަޔަކަށް ވުރެ ގިނަ ނިއުކްލިޔަރ ވޯހެޑް އުފެއްދޭނެ މިންވަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ފަދަ ހަތިޔާރެއް އީރާނުގެ އަތުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅަނގުގެ ބާރުތަކާއެކު އީރާނުން 2015ވަނަ އަހަރު ޤާއިމްކުރި ނިއުކްލިޔަރ އެއްބަސްވުމުގެ ދަށުން އެ ޤައުމަށް ޔުރޭނިއަމް މުއްސަނދި ކުރެވެނީ 3.67 އިންސައްތައިގެ ސާފު މިނަށެވެ. ނަމަވެސް 2018ވަނަ އަހަރު އެމެރިކާއިން އެ އެއްބަސްވުމުން ވަކިވުމުން އީރާނުން ވަނީ އެ ޤައުމުން ޔުރޭނިއަމް މުއްސަނދި ކުރާ މިންވަރު އިތުރުކުރަން ފަށައިފައެވެ. އެ މިންވަރު މިހާރު 60 އިންސައްތައަށް އިތުރުކޮށްފައިވާއިރު، އެ ނިސްބަތަކީ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތައާ ގާތްކުރާ ޢަދަދެކެވެ. ނަމަވެސް އެ ޤައުމުން އަބަދު ވެސް ބުނަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަކީ ޞުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ. އީރާނުން އެހެން ބުނި ނަމަވެސް އެމެރިކާއާއި ޔަހޫދީންނާއި ހުޅަނގުގެ ޤައުމުތަކުން އެ ކަން ޤަބޫލެއް ނުކުރެއެވެ. އެމެރިކާއާއި ޔަހޫދީން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ނިމުމަކަށް ގެނައުމަށް ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާދީ 12 ދުވަސްވަންދެން ހަނގުރާމަކޮށްފައިވެއެވެ. އޭގެ ފަހުން އެއްބަސްވުމަކާ ހަމައަށް އައުމަށް މަޝްވަރާތައް ކުރަމުން ދަނިކޮށް ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން ވަނީ އަނެއްކާ ވެސް އީރާނަށް ޙަމަލާ ދޭން ފަށައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
