
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން “އޮޕަރޭޝަން އެޕިކް ފިއުރީ”ގެ ނަމުގައި އީރާނަށް ދިން އަސްކަރީ ޙަމަލާތަކާ ގުޅިގެން، ގަޑިއިރުކޮޅެއްގެ ތެރޭގައި އީރާނުން ވަނީ މެދުއިރުމަތީގައި ހުންނަ ހަ ޤައުމެއްގެ އެމެރިކާ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރައްދު ޙަމަލާތައް ދޭން ފަށައިފައެވެ. މި ޙަމަލާތަކުގައި އެމެރިކާގެ ހަ ސިފައިން ޝަހީދުވެ، ބިލިޔަން ޑޮލަރުގެ ތަކެތި ސުންނާފަތިވިއެވެ. ޙަމަލާތައް ފަށަމުން،ން، އީރާނުގެ ޤައުމީ ސަލާމަތީ މަޖިލީހުގެ ވެރިޔާ ޢަލީ ލަރިޖާނީ ވިދާޅުވީ، ﷲ ތަޢާލާ ހިތްވވަރު ދެއްވި ތޯ ދެ ތިލަ ދެ ތިލަ ބަދަލު ހިފާނެ ކަމަށެވެ.
ބަޙްރައިންގައި ހުންނަ ޔޫއެސް ނޭވެލް ސަޕޯޓް ސެންޓަރަށް ބެލިސްޓިކް މިސައިލާއި ޝާހެދް ޑްރޯން ޙަމަލާ ދީ، ދުނިޔޭގެ ހަމައެކަނި 360 ޑިގްރީ ޓެކްޓިކަލް ބެލިސްޓިކް ރާޑަރު ސިސްޓަމް ސުންނާފަތިކޮށްލިއެވެ. ޢިރާޤުގެ އަރބިލްގައި ހުންނަ ވައިގެ ބަނދަރާއި ކޮންސުލޭޓަށް ވެސް ޙަމަލާ ދިނެވެ. ޢުރުދުންގެ ވައިގެ ދިފާޢީ ބާރުތަކުން ދެ ބެލިސްޓިކް މިސައިލް ހުއްޓުވި ނަމަވެސް، ތަންތަނަށް ގެއްލުންތައް ލިބުނެވެ. ކުވައިތުގެ ކޭމްޕް އާރިފްޖާންއަށް ދިން ޙަމަލާތަކުގައި ހަ ސިފައިން ޝަހީދުވެ، ހަތަރު ސިފައިންނަށް ބޮޑެތި ޒަޚަމްތައް ލިބުނެވެ. ޤަޠަރުގެ ވައިދިފާޢީ ނިޒާމު ފޫ އަޅުވާލައި، ބިލިޔަން ޑޮލަރުގެ ރާޑަރު ސިސްޓަމަކަށް ބޮޑެތި ގެއްލުންތައް ދިނެވެ. ޔޫއޭއީގެ ދުބާއީ ވައިގެ ބަނދަރާއި ތެލުގެ ބިނާތަކަށް ވެސް ޙަމަލާ ދިނެވެ. ސަޢުދީ ޢަރަބިއްޔާގެ ތެލުގެ ބިނާތަކަށް ޙަމަލާ ދީ، ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ރިފައިނަރީ ކަމަށްވާ ރަސް ތަނޫރާ ވަގުތީ ގޮތުން ހުއްޓުވިއެވެ.
ޝަހީދުވި ސިފައިންގެ ޢަދަދާ ބެހޭ ގޮތުން ހިޔާލު ތަފާތެވެ. ރަސްމީ ގޮތުން ހަ ކަމަށް ބުނި ނަމަވެސް، އީރާނުގެ އިންޤިލާބީ ފައުޖުން ބުނީ ފުރަތަމަ ޙަމަލާތަކުގައި އެކަނި ވެސް 200 އަށްވުރެ ގިނަ ސިފައިން ޝަހީދުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށެވެ. ޕާސިއަން ގަލްފުގައި ހުރި ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް ޙަމަލާ ދިން ކަމަށް ބައެއް ޚަބަރުތަކުން ބުނި ނަމަވެސް، ސެންޓްކޮމުން ވަނީ ދޮގުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
