
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގިރާވަރު ފަޅު ހިއްކާ ނިންމުމަށްފަހު ދެން ހިއްކުމުގެ މަސައްކަތް ފަށާނީ އުތުރު ތިލަފަޅުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އުތުރު ތިލަފަޅަކީ މީހުން ދިރިއުޅުމަށާއި ސިނާޢީ މަސައްކަތްތަކަށްވެސް ޚާއްސަކޮށްގެން ތަރައްޤީކުރާ ރަށެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހު ދެން އެންމެ އަވަހަށް ހިއްކުމުގެ މަސައްކަތް ފަށާނީ އުތުރު ތިލަފަޅުކަމަށެވެ. ރައީސް ވިދާޅުވީ އުތުރު ތިލަފަޅުގައި މީހުން ދިރިއުޅުމަށް ޚާއްސަ ސަރަޙައްދެއް އޮންނާނެކަމަށާއި ސިނާޢީ މަސައްކަތްތަކާއި ހޯޕް އައިލެންޑް އެރަށުގައި ތަރައްޤީ ކުރާނެކަމަށެވެ.
އުތުރު ތިލަފަޅުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ބައެއް މަޝްރޫޢުތަކަށް ބަލާއިރު 200 ހެކްޓަރުގެ އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އެގްރިކަލްޗަރ ޒޯނުގެ ފުރަތަމަ ފިޔަވަހީގައި ގްރީން ހައުސްތަކުގައި މައިގަނޑު ގޮތެއްގައި ހެއްދުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ގްރީން ހައުސްގައި ހެއްދޭ ބާވަތްތަކެވެ. އަދި ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ބިމު އަޑިއަށް ފައިބާ ބާވަތްތަކުގެ ތެރެއިން ފިޔާ، އަލުވި ފަދަ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނޭ ބާވަތްތަކެވެ. ހަމައެއާއެކު ދެވަނަ ފިޔަވަހީގައި ކުކުޅު އާލާކޮށް ރާއްޖެއަށް ކުކުޅު ބިސް އެތެރެކުރުން އެއްކޮށް ހުއްޓާލެވޭނެ ފެންވަރުގެ ޕޯލްޓްރީ ފާމެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އެރަށުގައި ދެން ކުރިއަށްގެންދާ އަނެއް މަޝްރޫޢަކީ ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ “ހޯޕް އައިލެންޑް”އެވެ. ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ “އުއްމީދު ނުވަތަ ހޯޕް އައިލެންޑް” މަޝްރޫޢަށް އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އެތަން ތަރައްޤީކުރަނީ 700 މީހުންގެ ޖާގަޔަށް ޚާއްސަކޮށްގެންނެވެ.
ސަރުކާރުން އަންނަނީ މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ބޮޑެތި ޑްރެޖަރުތައް ގެނެސްގެން އެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކާ ނިންމާފައިވާއިރު ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ގިރާވަރުފަޅުން 15 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް މިހާރު ވަނީ ހިއްކާ ނިންމާލާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
