
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި މީހުންގެ މައްޗަށް ދަޢުވާކުރެވޭ ވަރަށް ހެކި ލިބިފައި ނުވާތީ، މިމައްސަލާގައި ބަންދުގައި ތިބި މީހުން ބަންދުން ދޫކޮށްލުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާ ދީފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ސ. ހިތަދޫ، ކޮންމުލި، ޢަލީ ނަދީމްއާއި، އިތުރު ބަޔަކު ބައިވެރިގެން އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ ލޯންޑަރކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު މުއްދަތު 2 މާރިޗު ވީ ހޯމަ ދުވަހަށް ހަމަވެފައިވާ ކަމަށެވެ. މިމައްސަލައިގައި އަލީ ނަދީމް ހިމެނޭހެން 7 މީހެއްގެ މައްޗަށް 2 ކުށެއްގެ ތުހުމަތު ވަނީ ކޮށްފައެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 720 ވަނަ މާއްދާގެ ދަށުން، ކުށް ކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގެ ކުށެވެ.
މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް
* ޢަލީ ނަދީމް، ކޮންމުލި، ސ. ހިތަދޫ
* އިބްރާހީމް ސިރާޖް، ވެޔޮފެހެބުރުގެ، ސ. ހިތަދޫ
* ޙަސަން އަލްފާފު، ދޮރުފޮތިމާގެ، ސ. ހިތަދޫ
* އަމީން މުޙައްމަދު، ކެކުރިމާގެ، ސ. ހިތަދޫ
* ސަލާމް ސަޢީދު، ލޮބްސްޓަމް، ސ. ހިތަދޫ
* ޙާފިޘް ފައުޒީ، ފަލާޙް، ސ. ހިތަދޫ
* ޒަޙްނާ އަޙްމަދު، ޢަންބަރީގެ، ދ. ހުޅުދެލި
ޕީޖީ އޮފީހުން ވިދާޅުވީ މިމައްސަލައިގެ ތަޙުޤީޤު މުއްދަތު ޤާނޫނު ތަންދޭ އެންމެ ދިގު މުއްދަތާ ހަމައަށް އެކި ފަހަރުމަތިން އިތުރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް، މައްސަލަ ތަޙުޤީޤުކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމާ ހަމައަށް ލިބިފައިވާ ހެއްކާއި ޤަރީނާ ވަޒަންކޮށް ބެލިއިރު، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން، ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑަރކުރިކަން ޤާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައި ނުވާ ކަމަށެވެ. އަދި ތަޙުޤީޤު އެކަށީގެންވާ ވަރަށް ފުރިހަމަކުރެވި، ދަޢުވާކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ހޯދިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ތަޙުޤީޤުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރެވޭ މިންވަރަށް ހެކި ނުލިބޭނަމަ ތަޙުޤީޤީ އިދާރާއިން އެ މީހަކު ބަންދުން ދޫކޮށްލަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ވިދާޅުވިއެވެ. އެހެންކަމުން، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ބަންދުގައި ތިބި މީހުން ބަންދުން ދޫކޮށްލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ޕީޖީ އޮފީހުން ވަނީ ލަފާދީފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، މި މައްސަލައިގައި ދަޢުވާކުރެވޭ މިންވަރަށް މިވަގުތަށް ހެއްކާއި ޤަރީނާ ލިބިފައި ނެތުމުން މައްސަލަ އަނބުރާ ފޮނުވާލި ނަމަވެސް، އައު ހެކި ލިބިއްޖެ ޙާލަތެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އަލުން ދަޢުވާކުރުމަށް އެދި ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާނެ ކަމަށެވެ. އޮޕަރޭޝަން އަލިމަގު ނަމުގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން އައްޑޫން މިދިޔަ ޑިސެންބަރ މަހު ހައްޔަރުކުރި މި މީހުންގެ މައްޗަށް ފުލުހުން މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގަމުންދާކަމަށް ތުހުމަތުކުރެއެވެ. ފުލުހުން އޭރު ވިދާޅުވީ ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިޔަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ހޯދިފައިވާ ކަމަށް ފުލުހުން އޭރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
