
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއާއި ޔަހޫދީންގެ ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޚަމަނާއީ އަވަހާރަކޮށްލުމުން، އެ ޙަމަލާއާ ދެކޮޅަށް އަޑު އުފުލައި ޕާކިސްތާނުގައި މުޒާހަރާ ކުރި ބަޔަކު މަރައިލުމާ ގުޅިގެން، އެ ކަން ތަހުޤީޤު ކުރުމަށް އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ގޮވާލައިފިއެވެ. ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ޕާކިސްތާނުގައި ކުރި މުޒާހަރާތަކުގައި 26 މީހުން މަރުވެފައިވެއެވެ. އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ އެ މައްސަލައާ ގުޅޭ މިނިވަން، ވަކި ފަރާތަކަށް ނުޖެހޭ، އަދި ފުރިހަމަ ތަހުޤީޤެއް ކުރުުމަށް ގޮވާލައިފައެވެ. މުޒާހަރާގެ ބައިވެރިން މެރުމާއި މުޒާހަރާ ރޫޅައިލުމަށް ސަލާމަތީ ބާރުތަކުން ވަޒަން ބޭނުން ކުރުމަކީ ޤަވާއިދާ ޚިލާފަށް ބާރުގެ ބޭނުންކުރުމާ ގުޅޭ ބޮޑެތި ކަންބޮޑުވުންތައް އުފެދޭ ކަމެއް ކަމަށް އެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ސަރަޙައްދީ ޑިރެކްޓަރުގެ ނައިބު، ބާބޫ ރާމް ޕަންޓް ވިދާޅުވީ މުޒާހަރާގެ ބައިވެރިންނަށް ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްޤާއި ހިތްހަމަނުޖެހުން ފާޅުކުރުމުގެ ހައްޤު ލިބިގެންވާ ކަމަށެވެ. މި ފަދަ ހައްސާސް ޙާލަތްތަކުގައި މީހުންގެ ފުރާނަ ރައްކާތެރިކުރުމާއި ޞުލްޙަވެރިކަމާއެކު އެއްވުމުގެ ފުރުޞަތު ދިނުމަށް ސަލާމަތީ ބާރުތަކުން އިސްކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމުން ޕާކިސްތާނުގެ އިތުރުން ޢިރާޤުގައި ވެސް މުޒާހަރާކޮށްފައިވެއެވެ. އެ ޤައުމުގައި ވެސް މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ސްޓަން ގްރެނޭޑު ބޭނުންކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
