
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖެއަށް ތެލާއި ކާބޯތަކެތި ގެނައުމުގައި އެއްވެސް ދައްޗެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖެއަށް ކުރާ އަސަރު ދެނެގަނެ އަދި މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ ޚާއްޞަ ކޮމެޓީއެއް އެކުލަވާލައްވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޮމެޓީން ކަމާއި ގުޅުންހުރި ހުރިހައި ދާއިރާއަކުން ކަންކަން ބަލަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާއި އަދި ކިޔަވާ ކުދިންގެ ހާލުވެސް ބަލަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ، މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެދާނެ ދަތިތައް ބަލަމުންދާ ކަމަށެވެ. އަދި މިވަގުތު ތެލާއި ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނެތްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. “ތެލަށް އިރާދަކުރެއްވިއްޔާ އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް އަޅުގަނޑުމެންނަކަށް ދިމަލެއްނުވޭ. އަޅުގަނޑުމެންނަށް ހަމަ ރަނގަޅަށް އެކަން އޮތީ ހަމަޖެހިފައި. އެއްވެސް ވަރަކަށް ތެޔޮ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ނުލިބޭނެ ކަހަލަ ގޮތަކަށެއް އަދި ނެތް އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ކަހަލަ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ. ތެލުގެ އިޝޫއެއް ނެތް. ކާބޯތަކެތީގެ އިޝޫ އެއްވެސް ނެތް.” ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދަށް މިކަމުން ކުރަމުންދާ އަސަރު ބަލާ ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރި ކަމަށް މީގެ އަސަރު ކުރާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަސަރު ކުޑަ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މެދުއިރުމަތިން ޓްރާންސިޓްކޮށް އަންނަ ފްލައިޓްތައް އެހެން ގޮތަކަށް ރާއްޖެއަށް އާދެވޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އެއަރލައިންތަކާއި އެޖެންޓުންނާއި ވާހަކަ ދައްކައި މިހާރު ބައެއް ފްލައިޓްތައް އެގޮތަށް އޮޕަރޭޓް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންނަށްވެސް އަލްޓަނޭޓިވް ފްލައިޓްތައް ހޯދައި، ރާއްޖެއިން ފުރޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
