
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސުކޫކަށް ދައްކަންޖެހޭ ފައިސާ މިވަގުތު ދައްކަން ޖެހުނަސް އެކަންކުރާވަރަށް ސަރުކާރުގައި ފައިސާ އެބަހުރިކަމަށާ، 500 މިލިޔަން ޑޮލަރުގެ ސުކޫކު 8 އެޕްރީލް 2026ގައި ދައްކަން ސަރުކާރުން ވާނީ މިހާރު ނިންމާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަފުޅުދައްކަވަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ސުކޫކު ދެއްކުމަށްޓަކައި ސުކޫކު ދެއްކުމަށްޓަކައި 650 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ ރައްކާކޮށްފައި އެބަހުރިކަމަށެވެ. އަދި ރާއްޖޭގެ ގްރޮސް ރިޒާވްގައި 1.27 ބިލިޔަން އެމެރިކާ ޑޮލަރު އެބަހުރި، މިއީ ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް ގްރޮސް ރިޒާވް މައްޗަށް ނުދާ މިންވަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
“ރޭގެ ނިޔަލަށް އެސްޑީއެފްގައި 320 މިލިޔަން ޑޮލަރަށްވުރެ ގިނައިން އެބަހުރި ރައްކާކޮށްފައި، ޔޫސަބަލް ރިޒާވުގަ 330 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ އެބަހުރި، އެހެންވީމަ ޖުމްލަ 650 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ އެބަހުރި ރައްކާކޮށްފައި،” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަހަރަށް ބޭނުންވާ އިތުރު ފައިސާ ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ދަރަނި ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.
“ވަރަށް ކާމިޔާބު މުޢާމަލާތްތައް ކުރިއަށްދޭ، ނެގޯސިއޭޝަންސް ކޮންކުލޫޑުވާ ހިސާބަށް ގޮސްފައިވަނީ، ދަރަނި ދެއްކުމަށް އެއްވެސް ކަންބޮޑުވުމެއް ނެތް، އިޤްޞިދު މެނޭޖްކުރަމުން މި ދަނީ ބޭރަށް ދައްކަން ޖެހޭ ދަރަނި އާއި އެތެރޭގެ ދަރަނި ދެއްކޭގޮތަށް،” ރައީސް ވިދާޅުވިއެވެ. ސުކޫކަށް ފައިސާ ދެއްކުމުގެ ތަވާލާއި އެއްގޮތަށް މިހާތަނަށްވެސް ސަރުކަރުން ދަނީ ފައިސާ ދައްކަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
