
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާކޮށް، އީރާނުގެ ނިއުކްލިޔަރ މައްސަލަތާ ގުޅޭ ގޮތުން އެދެވޭ އެއްބަސްވުމަކާ ހަމައަށް އައުމުގެ ފުރުޞަތު އަދިވެސް އެބަ އޮތް ކަމަށް، ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ވިލަރެސްކުރާ ޢުމާނުން ބުނެފިއެވެ. ޢުމާނުން މިހެން ބުނެފައި މި ވަނީ ޔަހޫދީންނާއެކު އެެމެރިކާއިން އީރާނަށް ޙަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ. ޢުމާނުގެ ޚަރިޖީ ވަޒީރު ބަދްރު އަލްބުސައިދީ ވިދާޅުވީ ޙަމަލާ ބަދަލުނުކޮށް ދެ ފަރާތުން ވެސް ވާހަކަ ދައްކައިގެން އަދިވެސް ޞުލްޙަވެރިކަމާއެކު މައްސަލަ ޙައްލު ކުރެވިދާނެ ކަމަށެވެ. ޙަމަލާތައް ދޭން ފެށުމުގެ ކުރިން ސްވިޒަލެންޑުގެ ޖެނީވާގައި ޢުމާން މެދުވެރިވެ ކުރި މަޝްވަރާތަކުގައި އެއްބަސްވުމެއް ޤާއިމްކުރުމާ ގާތަށް ކުރިއެރުންތައް ލިބެމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އުންމީދަކީ ހަނގުރާމައަކަށް ނުދިޔުން ކަމަށް ވި ނަމަވެސް، ހަނގުރާމައިގެ މާނައަކީ ޞުލްޙައަށް އޮތް އުންމީދު އެއްކޮށް ފޮހެވިގެން ދިޔުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޞުލްޙަވެރިކަމާއެކު ވާހަކަ ދައްކައިގެން އަދިވެސް މައްސަލަ ޙައްލުކުރެވިދާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.
ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދޭން ފެށި ޙާމަލާތަކުގައި އީރާނުގެ ރޫހީ ވެރިޔާ، އާޔަތުالله ޢަލީ ޚާމަނާއީ ވަނީ އަވަހާރަވެފައެވެ. އީރާނުން ރައްދުގައި ވަރުގަދަ ޙަމަލާތައް ދެމުންދާއިރު، ޔަހޫދީ ދައުލަތަށާައި މެެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދަނީ ގެއްލުންތައް ލިބެމުންނެވެ. އަލްބުދައިސީއާއި އީރާނުގެ ޚާރިޖީ ވަޒީރު، ޢައްބާސް އަރާޤްޗީއާ ދެމެދު ކުރެއްވި ފޯނު ކޯލެއްގައި އަލްބުދައިސީ ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އީރާނަށް ހިތްވަރު ދެއްވައިފައެވެ.
ޢުމާން މެދުވެރިވެ އީރާންއާއި އެމެރިކާއާ ދެމެދު ނުސީދާ މަޝްވަރާތައް ފަށާފައި ވަނީ 2025ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެ އަަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނަށް ޙަމަލާދީ، ބާރަ ދުވަސް ވަންދެން ހަނގުރާމަކޮށްފައެވެ. އެއާއެކު އީރާނުން ވަނީ މަޝްވަރާތަކުގައި ބައިވެރިވުން މެދުކަނޑާލައިފައެވެ. އެއަށް ފަހު ދެން ޢުމާން މެދިވެރިވެ މަޝްވަރާތައް އަލުން ކުރަން ފަށާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ގޮތުން ފެބްރުއަރީ މަހުގެ 6ވަނަ ދުވަހު އައު މަޝްވަރާތަކުގެ ފުރަތަމަ ބުރު ބޭއްވިއެވެ. އަދި ފެބްރުއަރީ މަހުގެ މެދުތެރޭގައި ދެވަނަ ބުރު ބާއްވައި، ތިންވަނަ ބުރު ބާއްވާފައި ވަނީ ޙަމަލާތައް ދޭން ފެށުމުގެ ދެ ދުވަސް ކުރިން، ފެބްރުއަރީ މަހުގެ 26ވަނަ ދުވަހުއެވެ. އެ ބުރު ނިންމާލާފައި ވަނީ އިތުރު މަޝްވަރާތައް ކުރުމަށް އެއްބަސްވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
