
ޗާގޯސްގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން މޮރިޝަސްއިން ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުންތައް ސަސްޕެންޑްކޮށްފިއެވެ. މޮރިޝަސްގެ މި ނިންމުމަކީ ޗާގޯސްގެ ސިޔާދަތީ ބާރު އެގައުމަށް އޮތްކަން ގަބޫލުކުރަން ރާއްޖެއިން ދެކޮޅުހަދައި، އިނގިރޭސިވިލާތުން އެތަން މޮރިޝަސްއާ ހަވާލުކުރަން އުޅޭ އުޅުމަށް ރާއްޖެއިން އިއުތިރާޒުކުރުމާ ގުޅިގެން ނިންމި ނިންމުމެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ޗާގޯސް ނުވަތަ ފޯޅަވައްސަކީ ތާރީހީ ގޮތުން ރާއްޖޭގެ ތަނެއް ކަމަށާއި، އެތަން އެހެން ބަޔަކާ ހަވާލުކުރާނަމަ ހަވާލުކުރަންޖެހޭނީ ހައްގުވެރި ގައުމު ކަމަށްވާ ރާއްޖެއާ ކަމަށެވެ. މިކަމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް ރަސްމީކޮށް ސިޓީ ފޮނުވައި، މަޝްވަރާކުރުމަށް އެދިފައެވެ. އަދި ކުރީގެ ސަރުކާރުން މޮރިޝަސްއަށް ތާއީދުކޮށް ފޮނުވި ސިޓީ އަނބުރާ ގެނެސް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު އިއާދަކުރުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައެވެ.
މި މައްސަލައިގައި އިނގިރޭސި ވިލާތުގެ ބައެއް ސިޔާސީ ބޭފުޅުންވެސް ރާއްޖެއަށް ތާއީދުކުރައްވައި ވާހަކަދައްކަވާފައިވެއެވެ. ޗާގޯސްގެ މިލްކުވެރިކަމާ ބެހޭގޮތުން ބައިނަލްއަގުވާމީ ކޯޓުތަކުން މޮރިޝަސްއާ އެއްކޮޅަށް މީގެ ކުރިން ނިންމުންތަކެއް ނިންމާފައިވީ ނަމަވެސް، ރާއްޖެއިން ދަނީ އެ ސަރަހައްދުގެ ސިޔާދަތީ ބާރު ހޯދުމަށް ވަކާލާތު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
