
މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް އޮތް ނަމަވެސް، މާލޭގެ ތަރައްގީގެ މަސައްކަތްތައް ހުއްޓިފައިވަނީ މޭޔަރު އާދަމް އާޒިމްގެ ސަބަބުން ކަމަށް ރައީސް ޑރ. މުއިއްޒު ތުހުމަތު ކުރައްވައިފިއެވެ. ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްގެ އިދާރީ ހިންގުމާއި ކަންކަން ތަންފީޒު ކުރުން އޮންނަނީ މޭޔަރުގެ އަތްޕުޅުގައި ކަމަށްވާތީ، މޭޔަރު އެއްބާރުލުން ނުދެއްވާ ނަމަ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް ހުރަސް އެޅެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ)
މާލޭގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މަގު ހެދުމާއި، މާރުކޭޓުތައް ތަރައްގީކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފަދަ މުހިންމު ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރަށް އެއްބާރުލުންދޭނެ މޭޔަރަކާއި ކައުންސިލެއް ހޮވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދު ތަރައްގީކޮށް، އެތަނުގައި ބޯހިޔާވަހިކަމާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.
ރައީސް އިތުރަށް ވިދާޅުވީ ގޯތިގެދޮރާއި ފްލެޓް ދިނުމުގެ ވައުދުތައް ފުއްދުމަށްޓަކައި ހުޅުމާލެ، ގިރާވަރުފަޅު އަދި ރަސްމާލެ ހިއްކުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި މާލޭގެ މަގުތައް ހެދުމާއި ޕާކުތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ފަށާފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް އިންތިހާބުތަކުގައި ސަރުކާރަށް އެއްބާރުލުންދޭނެ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
