
ވޭތުވެދިޔަ ދެ އަހަރަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަށް ބާރުވެރިކަން ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު ދުވަސްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދިނުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު ފުޅާކުރުމުގެ އިތުރުން، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ފަދަ މުހިންމު ކަންކަން މިހާރު ވަނީ ހަގީގަތަކަށް ހަދައިދީފައެވެ.
ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ގޮތުން، ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތާއި އޭޓީއެމް ގާއިމުކުރުމާއި، އަތޮޅުތަކުން އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަކީ ލިބުނު ބޮޑު ކުރިއެރުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރަށްރަށުގެ މަގުހެދުމާއި، ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ބާރުމިނުގައި ކުރިއަށްދާ ކަމަށާއި، އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ވެސް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވިއެވެ. ރައީސްގެ އުންމީދަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު، ސަރުކާރާއި ކައުންސިލްތައް ގުޅިގެން ރައްޔިތުންގެ އުންމީދުތައް އިތުރަށް ހަގީގަތަކަށް ވެގެންދިޔުމެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
