
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ޗާގޯސްގެ މައްޗަށް ރާއްޖޭގެ ތާރީހީ ހައްގު ބޮޑުކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުން މަޑުޖައްސާލުމަށް އިނގިރޭސި ޕާލަމެންޓް މެންބަރު ނައިޖެލް ފަރާޖް ގޮވާލައްވައިފިއެވެ. ފަރާޖް ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނަންޖެހޭނީ ރާއްޖެއަށް ކަމަށާއި، މި މައްސަލަ ރާއްޖޭން ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޗާގޯސް މޮރިޝަސްއަށް ދިނުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލާގައި ދިވެހި ސަރުކާރުން ވެސް ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމާ މެދު އިއުތިރާޒުކޮށް، އިނގިރޭސި ސަރުކާރާ މަޝްވަރާކުރުމަށް އެދިފައެވެ. ރައީސް ޑރ. މުއިއްޒު ވަނީ ކުރީގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ބާތިލުކޮށް، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ގާނޫނީ މަސައްކަތްތަކެއް ފަށްޓަވައިފައެވެ. މީގެ އިތުރުން، ކުރީ ސަރުކާރުން މި މައްސަލާގައި އަމަލުކުރި ގޮތް ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
