
ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލި ރަށްތަކާއި ފަޅުތަކުގެ ތެރެއިން ތ. ކަނިމީދޫ ލިސްޓުން އުނިކޮށްފިއެވެ. ފަތުރުވެރިކަން ކުރަން ރަށްތަކާއި ފަޅުތައް ތަރައްޤީ ކުރުމަށް ހުޅުވާލީ، 2024 ވަނަ އަހަރުގެ މޭއި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ބުރުގައި 1 އަތޮޅަކުން 14 ރަށަކަށާއި، 3 ފަޅަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިއެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އޭރު ކުރި އިއުލާނަށް ގެނައި އިސްލާޙުގައި ތ. ކަނިމީދޫ އަދި ބ. އަތޮޅުގެ ފަޅެއް ލިސްޓުން އުނިކުރުމަށް ވަނީ ނިންމާފައެވެ. މި ދެތަން އުނިކުރާ ސަބަބެއް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައެެއް ނުވެއެވެ.
ލިސްޓުން އުނިކުރި ތ. ކަނިމީދޫއަކީ، 68 ހެކްޓަރުގެ ރަށެކެވެ. ބ. އަތޮޅުން ފަތުރުވެރި ކަމަށް ތަރައްޤީކުރަން ނިންމި ފަޅަކީ، 0.62 ހެކްޓަރުގެ ސަރަޙައްދެކެވެ. ކަނިމީދޫއަކީ، މީގެކުރިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދިގު މުއްދަތަކަށް އަމިއްލަ ފަރާތަކަށް ދޫކުރި ރަށެކެވެ. އޭގެ ފަހުން ވަގުތީ ގޮތުން ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއާ ވަގުތީ ގޮތުން އެރަށް ބެލެހެއްޓުން ޙަވާލު ކުރުމަށްފަހު ފަތުރުވެރި ކަމަށް ތަރައްޤީކުރަން ސަރުކާރުން ވަނީ ހުޅުވާލާފައެވެ.
ސަރުކާރުން ދަނީ، ފަތުރުވެރިކަން ފުޅާކޮށް ފަތުރުވެރި ކަމަށް އިތުރު އެނދުތައް ނެރުމަށް މަސައްކަތް ކުރަމުންނެވެ. ފަތުުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު، ފަތުރުވެރިކަމުގެ އެނދުގެ އަދަދު ހުރީ 67,475 ގައެވެ. 2024ވަނަ އަަހަރު ނިމުނުއިރު ފަތުރުވެރިކަަމުގެ އަދަދު ހުރީ، 63,248 އެނދުގައެވެ. މިއާއެކު އަހަރުން އަހަރަށް 4،227 އެނދު އިތުރުވެފައިވެއެވެ. ސަރުކާރުން ވަނީ، މި ސިނާޢަތަށް އިތުރު ރަށްތައް ތަރައްޤީކޮށް ފަތުރުވެރިކަމުން ލިބޭ އާމްދާނީ އިތުރު ކުރުމަށް އަމާޒު ހިފާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
