
(ފޮތޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން، އެމެރިކާ އާއެކު އަންނަ ބުރާސްފަތި ދުވަހު ތާވަލުކޮށްފައިވާ މަޝްވަރާތަކުގެ ކުރިން، އެމެރިކާގެ ފަރާތުން “އުއްމީދީ ސިގްނަލްތަކެއް” ލިބިފައިވާކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕިޒިޝްކިޔާން ވިދާޅުވެއްޖެއެވެ. މި މަހުގެ ތެރޭގައި އެމެރިކާއާއި އީރާނުން ވަނީ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އައު މަޝްވަރާތަކެއް ފަށައިފައެވެ. މަޝްވަރާގެ ދެވަނަ ބުރު މިހާރު ނިންމާލާފައިވާއިރު، ތިންވަނަ ބުރު އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމަކަށް ދާން އީރާނުން ދެކޮޅު ހަދާނަމަ، އީރާނަށް ޙަމަލާދޭނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ. އެ ފަދަ ޙާލަތަކަށް ތައްޔާރުވުމަށް އެމެރިކާއިން މި ދަނޑުވަޅުގައި ދަނީ މެދުއިރުމައްޗަށް ސިފައިންނާއި ހަތިޔާރު ޖަމާ ކުރަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕިޒިޝްކިޔާން ވިދާޅުވީ، އީރާނުގެ ޢަމާޒަކީ ސަރަޙައްދީ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރުން ކަމަށެވެ. މިގޮތުން، ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން ދެ ފަރާތުން ހުށަހެޅުންތައް ބަދަލުކޮށް، އެމެރިކާގެ ފަރާތުން “އުއްމީދީ ސިގްނަލްތަކެއް” ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެމެރިކާގެ ޢަމަލުތަކަށް އީރާނުން ފާރަވެރިވެ، ކޮންމެ ޙާލަތަކަށް ވެސް ތައްޔާރުވެ ތިބޭނެކަމުގެ ޔަޤީންކަން ޕިޒިޝްކިޔާން ދެއްވިއެވެ. އެމެރިކާއިން ޝަރުތުކުރަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން އެއްކޮށް ހުއްޓައިލުމަށެވެ. އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމަކީ އެ ޤައުމުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާ ގާތަށް އެޅޭ ފިޔަވަޅެކެވެ. އީރާނުން ވަނީ އެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެއްބަސްވުމަކާ ހަމައަށް އާދެވިދާނެ ކަމަށް އިޝާރާތްކޮށްފައެވެ.
އީރާނުން މީގެ ކުރިން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ޤައުމުން ބޭރުކުރުމަށް ވެސް އެމެރިކާއިން ޝަރުތުކުރެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
