
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މެކްސިކޯގެ ސަލާމަތާ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުމެއްގައި، މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއްކަމަށްވާ، “އެލް މެންޗޯ” މަރާލުމާ ގުޅިގެން، އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައިފިއެވެ. މެކްސިކޯގެ ސަލާމަތީ ބާރުތަކުން ބުނީ، ޖަލަސްކޯ ސްޓޭޓުގައި ސިފައިންނާ ދެމެދު ބަޑީގެ ޙަމަލާތައް ބަދަލުކުރުމުގެ ތެރޭގައި، މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ، ނެމެސިއޯ ރޫބެން އޮސެގުއެރާ ސެރްވާންޓޭސް “އެލް މެންޗޯ” ޒަޚަމްވެގެން، މެކްސިކޯ ސިޓީއަށް ގެންދިޔުމުގެ މަގުމަތީގައި މަރުވެފައިވާ ކަމަށެވެ. އޭނާ އުޅޭނޫޅޭ ތަނެއްގެ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 15 މިލިޔަން ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް އެމެރިކާއިން އޮތީ އިޢުލާނުކޮށްފައެވެ.
އޭނާގެ މަރާ ގުޅިގެން، ހަތިޔާރު އެޅި ބަޔަކު ޖަލިސްކޯގެ އިތުރުން، ކޮލިމާ، މިކޮއާކަން، ނަޔާރިޓް، ގުއަނަޖުއާޓޯ، އަދި ތަމާލިޕާސް ސްޓޭޓުތަކުގައި އުޅަނދުތަކުގައި ހުޅުޖަހައި، އިމާރާތްތަކަށް ގެއްލުންދީ، ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގަމުންނެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން، ގިނަ ސްޓޭޓުތަކުގައި ޢާންމު ދަތުރުފަތުރަށް ބުރޫއަރައި، ސްކޫލްތައް ބަންދުކޮށް، ޢާންމުން ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. މެކްސިކޯގެ ރައީސް ކްލޯޑިއާ ޝައިންބައުމް ވަނީ ސަލާމަތީ ބާރުތަކަށް މަރުޙަބާ ވިދާޅުވެ، ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ގޮވާލައްވައިފައެވެ.
އުމުރުން 59 އަހަރުގެ އޮސެގުއެރާ އަކީ، ހޮއަކީން “އެލް ޗާޕޯ” ގުޒްމަން އާއި އިސްމާއީލް ޒަމްބާޑާއަށްފަހު، މެކްސިކޯގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކާޓެލްގެ ބޮޑެވެ. ގުޒްމަން އާއި ޒަމްބާޑާ ހައްޔަރުކޮށް، އެމެރިކާގެ ޖަލެއްގައި ވަނީ ބަންދުކޮށްފައެވެ. ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ހިންގަމުންދާ އޮޕަރޭޝަނުގައި ގިނަ ޢަދަދެއްގެ ހަތިޔާރާއި އޮސެގުއެރާގެ ކާޓެލްއަށް ނިސްބަތްވާ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
