
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ ހަކަތައިގެ ބިނާރުތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ފެބުރުވަރީ 22ވަނަ ދުވަހުގެ ޙަމަލާތަކުގައި ރަޝިޔާއިން ވަނީ ގިނަ އަދަދެއްގެ ޑްރޯނާއި، ބެލިސްޓިކް އަދި ކްރޫޒް މިސައިލް ބޭނުން ކޮށްފައެވެ. އެ ޙަމަލާތަކުގައި އެކަކު މަރުވެ، އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ކީވުން ބުންޏެވެ. ރަޝިޔާގެ ޙަމަލާތަކުގެ ބޮޑު ބައެއް އަމާޒުކޮށްފައި ވަނީ ވެރިރަށް ކީވްގެ އިތުރުން ކަޅު ކަނޑުގެ އައްސޭރިފަށުގައި އޮތް އޮދެއްސާއަށެވެ. އަދި، ޔޫކްރެއިންގެ މެދުތެރޭގެ ބައެއް ރަށްތަކަށެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ ދްނީޕްރޯ، ކިރޮވޮހްރަދް، މިކޮލަޔިވް، ޕޮލްޓާވާ އަދި ސޫމީ ސަރަޙައްދުގެ ރަށްތަކަށް ވެސް ރަޝިޔާގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައެވެ.
އޭނާ ވިދާޅުވީ، ޚާރިޖީ ގޮތުން ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މޮސްކޯއިން ވުނަކުރަމުން ދަނީ ހަތިޔާރާއި އަސްކަރިއްޔާއަށް ކަމުގައެވެ. އަދި، ޙަމަލާތައް އިތުރަށް ވަރުގަދަ ކުރުމަށް ކަމުގައެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަޝިޔާއިން ދީފައިވާ ޙަމަލާތަކުގައި 1,300ށްވުރެ ގިނަ ޑްރޯން، 1,400ށްވުރެ ގިނަ ގައިޑެޑް ބޮން އަދި 96 މިސައިލް ބޭނުން ކޮށްފައިވާ ކަމުގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުންޏެވެ. ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ، ރަޝިޔާގެ އެންމެ ފަހުގެ ޙަމަލާތަކުގައި 50 މިސައިލާއި 297 ޑްރޯން ބޭނުން ކޮށްފައިވާ ކަމުގައެވެ. ނަމަވެސް، އޭގެ ތެރެއިން 33 މިސައިލާއި 274 ޑްރޯން ދިފާޢުކޮށް ވައްޓައިލެވުނު ކަމުގައެވެ. އޭގެ ތެރެއިން ކީވަށް ދިން ޙަަމަލާތަކުގައި އެކަކު މަރުވިއެވެ. އަދި، އިތުރު ފަސް މީހުން ޒަޚަމުވިއެވެ. މީގެ އިތުރުން، ކީވްގެ ފަސް އަވަށެއްގައި ޢާންމުން ދިރިއުޅޭ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޮދެއްސާއަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ހަކަތައިގެ ބިނާރުތަކަށެވެ. އޭގެ ތެރެއިން އެއް ޙަމަލާއާ ގުޅިގެން ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގައި އޮދެއްސާގެ އޮފިޝަލުން ބުންޏެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވައި، ދެ ޤައުމުގެ ދެމެދުގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ދެ ފަރާތުގެ ދެމެދުގައި އެންމެ ފަހުން މަޝްވަރާތައް ބާއްވާފައި ވަނީ ސްވިޓްޒަލެންޑްގެ ޖެނީވާގައި ފެބުރުވަރީ 17ން 18އަށެވެ. ނަމަވެސް، އެ ވާހަކަތަކުގައި އެދެވޭ ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
