
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޓެރިފް ނުވަތަ އިންޕޯޓުޑިޔުޓީ ބޮޑު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުން އެ ޤައުމުގެ ސުޕްރީމް ކޯޓުން ބާޠިލު ކުރުމާ ގުޅިގެން އޭނާ އިޢުލާނު ކުރައްވާފައިވާ އައު ޓެރިފްތަކާ މެދު ވިލާތުގެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ވިލާތުގެ ކޮމިޝަނަކީ ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުގެ ވިޔަފާރިއާ ގުޅޭ ސިޔާސަތުތަކާ މެދު ބޭރު ދުނިޔެއާ މަޝްވަރާ ކުރާ މައި އިދާރާއެވެ. އީޔޫއަކީ 27 ޤައުމެއް މައްޗަށް އެކުލެވިގެންވާ އިއްތިޙާދެކެވެ. ބޭރު ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޓެރިފްތައް ޓްރަމްޕް އިތުރު ކުރައްވާފައި ވަނީ، އެމެރިކާގެ ރައްޔިތުންނަށް އިންސާފު ހޯއްދަވައިދެއްވުމުގެ ނަމުގައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބޭރު ޤައުމުތަކުން ދިޔައީ އެމެރިކާއަށް ކުޑަ އަގުގައި މުދާ އެތެރެކޮށްގެން ބޮޑެތި މާލީ މަންފާތަކެއް ހޯދަމުންނެވެ. އަދި، އެއަށްފަހު، އޭނާ ވަނީ އެކި ޤައުމުތަކާއި، ގުޅުންތަކާ އެކު ވަކިވަކި ވިޔަފާރި އެއްބަސްވުންތަކެއް އެކުލަވައިލާފައެވެ. އޭގެ ތެރޭގައި ވިލާތުގެ ކޮމިޝަން ވެސް ހިމެނެއެވެ. ނަމަވެސް، ޓްރަމްޕްގެ ޓެރިފްތަކަށް އެމެރިކާ ރައްޔިތުންގެ ތާޢީދު ކުޑައެވެ.
ޓްރަމްޕްގެ ޓެރިފްތައް ސުޕްރީމް ކޯޓުން ބާޠިލު ކުރުމާ ގުޅިިގެން އޭނާ ވަނީ ހުރިހާ ޤައުމަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން %10ގައި އިންޕޯޓުޑިޔުޓީ ނެގުމަށް ނިންމަވާފައެވެ. އަދި، އޭގެ އެއް ދުވަސް ފަހުން އެ އަދަދު %15ށް އިތުރު ކުރައްވާފައެވެ. މި ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ވިލާތުގެ ކޮމިޝަނުން ވަނީ، އެމެރިކާއާއި އެ ކޮމިޝަނާ ދެމެދު ހުސްވި އަހަރު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް ގޮވައިލާފައެވެ. “އެއްބަސްވުމެއް ވާނީ އެއްބަސްވުމަކަށް،” އެ އެއްބަސްވުމަށް އިޙުތިރާމުކޮށް، އަލުން ރުޖޫޢަވުމަށް ގޮވައިލައި ނެރުނު ބަޔާނުގައި ވިލާތުގެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ، އެމެރިކާއިން މިިހާރު އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ދެ ފަރާތުން އެއްބަސްވެފައިވާ “އިންސާފުވެރި، ހަމަހަމަ އަދި ދެފަރާތަށް ވެސް ފައިދާހުރި” ވިޔަފާރީގެ މާހައުލެއް ޤާއިމުކުރުމަށް ހުރަސްއެޅެމުންދާ ކަމުގައެވެ. މިދިޔަ އަހަރުގެ އެއްބަސްވުމުގެ ދަށުން، ދަގަނޑު ފަދަ ވަކި ދާއިރާތަކުން ނަގާ ޓެރިފް ފިޔަވައި، އީޔޫން އެތެރެ ކުރާ ގިނަ މުދަލުން އެމެރިކާއިން ނެގުމަށް ކަނޑައަޅާފައި ވަނީ %15ގެ ޓެރިފެކެވެ. އަދި މަތިންދާބޯޓާއި އޭގެ ސްޕެއަރ ޕާޓްސް ފަދަ ބައެއް ތަކެތިން އެއްވެސް ޓެރިފެއް ނުނެގުމަށް އެއްބަސްވެފައިވާއިރު، އީޔޫން ވަނީ އެމެރިކާގެ ގިނަ މުދަލުން ނަގާ އިންޕޯޓްޑިޔުޓީތައް ކަނޑައިލާފައެވެ. އަދި، ބަދަލު ހިފުމުގެ ގޮތުން އެމެރިކާއާ ދެކޮޅަށް ބޮޑެތި ޓެރިފްތަކެއް އިޢުލާނު ކުރުމުގެ ވިސްނުން ދޫކޮށްލާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
