
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިވެހި ފުޓްބޯޅަ އިދާރާ (އެފްއޭއެމް) އަށް ދިމާވި ކޮރަޕްޝަނާއި ހީނަރުކަމުގެ ދުވަސްތަކަށްފަހު، އަޙްމަދު ޠާރިޤްގެ ރައީސްކަމުގެ ދަށުން އިންތިޚާބުވި އައު ހިންގާ ކޮމިޓީން ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބައިނަލްއަގްވާމީ އިތުބާރު އަލުން ހޯދާފައެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތާއި، ފީފާގެ އެކި ކޮމިޓީތަކަށް ދިވެހިން އައްޔަނުކުރުމަކީ މި އިތުބާރު ލިބިފައިވާކަމުގެ ހެއްކެކެވެ. މީގެ އިތުރުން، ކުރިން ނުދައްކާ ހުރި ދަރަނިތައް ހަލާސްކޮށް، ސާފްގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ހޯދައި، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޓެކްނިކަލް ޑައިރެކްޓަރަކަށް އިސްޓަވާން އުރުބާނީ އަދި ގައުމީ ކޯޗަކަށް މުހައްމަދު ޝިޔާޒް އައްޔަނުކޮށް، ގްރާސްރޫޓް ޕްރޮގްރާމްތަކާއި އަންހެން ފުޓްބޯޅަ އަދި ފުޓްސަލް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ނަތީޖާއެއްގެ ގޮތުން ފުޓްސަލް އާއި ސީނިއާ ޓީމުން ވަނީ ސަރަހައްދީ ކާމިޔާބީތައް ހޯދާފައެވެ. އެފްއޭއެމްގެ އަމާޒަކީ ކުލަބުތަކާއި ސަޕޯޓަރުންގެ އިތުބާރު ދަމަހައްޓައި، ދިވެހި ފުޓްބޯޅައިގެ ރަންޒަމާން އަނބުރާ ގެނައުމެވެ. މިގޮތުން ކުރިޔަށް އޮތް ޒުވާން ސާފް ޗެމްޕިއަންޝިޕަކީ ދިވެހި ސަޕޯޓަރުންގެ ޖޯޝާއި އެކު ފުޓްބޯޅައިގެ ދިރުން އިޔާދަވާނެ މުހިންމު ފުރުސަތެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
