
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ނިއުކްލިޔަރ މަޝްރޫޢާ ގުޅޭގޮތުން އެ ޤައުމާއި އެމެރިކާއާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭގޮތުން ދެ ފަރާތުން ދެބަސްވާ ކަމަށް އީރާނުން ބުނެފިއެވެ. މި މަހުގެ ތެރޭގައި އެމެރިކާއާއި އީރާނުން ވަނީ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އައު މަޝްވަރާތަކެއް ފަށައިފައެވެ. މަޝްަވަރާގެ ދެވަނަ ބުރު މިހާރު ނިންމާލާފައިވާއިރު، ތިންވަނަ ބުރު ކުރިއަށް ގެންދިޔުމަށް ރާވާފައި ވަނީ މާރިޗު މަހުގެ ކުރީ ކޮޅަށެވެ. އީރާނުގެ ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި އިސް ބޭފުޅަކު ވިދާޅުވީ އެންމެ ފަހުގެ މަޝްވަރާތަކުން ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭގޮތުން އެމެރިކާއިން ވިސްނާ ގޮތް، އީރާނުން ޝަރުތުކުރާ ގޮތާ ތަފާތު ކަމަށެވެ. ފިޔަވަޅުތައް އުވާލުމާ ގުޅޭ ތާވަލަކަށް ދެ ފަރާތުން ވެސް އެއްބަސްވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ގޮތަށް އެކުލަވާލައި މަގުޗާޓަކީ އިންސާފުވެރި އަދި ދެ ޤަައުމުގެ މަަސްލަހަތަށް ވެސް ފައިދާކުރާ މަގުޗާޓަކަށް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވީ އެމެރިކާގެ ހުށަހެޅުންތަކަށް ރައްދު ހުށަހެޅުންތަކެއް އީރާނުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތައްޔާރުކުރާނެ ކަމަށެވެ. މި ޙާލަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ އީރާނަށް އަސްކަރީ ޙަމަލާތަކެއް ދިނުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ. އެމެރިކާއިން ޝަރުތުކުރަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން އެއްކޮށް ހުއްޓައިލުމަށެވެ. އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމަކީ އެ ޤައުމުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާ ގާތަށް އެޅޭ ފިޔަވަޅެކެވެ. އީރާނުން ވަނީ އެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެއްބަސްވުމަކާ ހަމައަށް އާދެވިދާނެ ކަމަށް އިޝާރާތްކޮށްފައެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ބޭނުން ނުވާ ކަމަށާއި، ޔުރޭނިއަމް މުއްސަނދި ކުރުމަށް އެ ޤައުމަށް ލިބިފައިވާ ހައްޤު ބަލައިގަތުމަށް އެދޭ ކަމަށް އީރާނުން ދަނީ ތަކުރާރުކޮށް ބުަނަމުންނެވެ.
އީރާނުން މީގެ ކުރިން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ޤައުމުން ބޭރުކުރުމަށް ވެސް އެމެރިކާއިން ޝަރުތުކުރެއެވެ. އީރާނުގެ އޮފިޝަލް ވިދާޅުވި ގޮތުގައި މުއްސަނދުކޮށްފައިވާ ޔުރޭނިއަމްގެ ބައެއް ޤައުމުން ބޭރުކުރުމާ މެދު އެ ޤައުމަށް ވިސްނިދާނެއެވެ. ނަމަވެސް އެއީ އޭގެ ބަދަލުގައި ސުލްޙަވެރި ނިއުކްލިޔަރ މަޝްރޫޢުއެއް ހިންގުމުގެ ހައްޤު އީރާނަށް ލިބިފައިވާ ކަމަށް ބަލައިގަތުމުގެ ބަދަލުގައެވެ. ކުރިއަށް އޮތް ތަނުގައި އެއްބަސްވުމަކާ ހަމައަށް އައުމުގެ ފުރުޞަތު އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އީރާނުން ބުނީ ރަނގަޅު އެއްބަސްވުމެއްގެ ދަށުން ދެ ޤައުމަށް ވެސް އިޤްތިޞާދީ ފައިދާތައް ކުރާނެކަމަށެވެ. އެ ގޮތުން މިހާރު މަޝްވަރާ ކުރަމުންދާ އިޤްތިޞާދީ ޕެކޭޖުގެ ދަށުން އީރާނުގެ ތެލުގެ ދާއިރާއަށް އިންވެސްޓު ކުރުމުގެ ފުރުޞަތު އެމެރިކާއަށް ލިބިގެންދާނެ ކަމަށް އެ ޤައުމުން ބުނެއެވެ. ނަމަވެސް އެ ޤައުމުގެ ތެލާއި މިނަރެލް ވަސީލަތްތައކުގެ ކޮންޓްރޯލް ދޫކޮށް ނުލާނެ ކަމަށާއި، އެމެރިކާއަށް އޮތް ހަމައެކަނި ފުރުޞަތަކީ އީރާނުގެ އިޤްތިޞާދީ ބައިވެރިއަކަށް ވުމުގެ ފުރުޞަތު ކަމަށް އެ ޤައުމުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
